Advertisement
ކ. މާލެ
|
18 ނޮވެންބަރ 2019 | ހޯމަ 13:07
ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ރޯހައުސްތަކުގައި ހުރި މަރާމާތުގެ މަސައްކަތްތައް ކުރުމަށް ފެނަކައާއި ހަވާލުކުރުން
ރާއްޖެއެމްވީ
ހދ ކުޅުދުއްފުށި
ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ރޯހައުސްތަކުގައި ހުރި މަރާމާތުގެ މަސައްކަތްތައް ކުރުމަށް ފެނަކައާއި ހަވާލުކޮށްފި
މި މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލު ކޮށްފައިވަނީ 190 ދުވަހުގެ ތެރޭގައި ނިންނާގޮތަށް

ހދ. ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސްގައި ހުރި މަރާމާތުގެ މަސައްކަތްތައް ކުރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި އެކު ސޮއިކޮށްފިއެވެ.

ހޯމަ ދުވަހު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މަޝްރޫޢުގެ އެއްބަސް ވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ހާލިސް ޝަރީފެވެ.

Advertisement

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމދު އެވެ.

މި މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލު ކޮށްފައިވަނީ 190 ދުވަހުގެ ތެރޭގައި ނިންނާގޮތަށް 23،396161.00 (ތޭވިސް މިލިއަން ތިން ލައްކަ ނުވަދިހަ ހަ ހާސް އެއްސަތޭކަ އެއް ރުފިޔާ) އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް