ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާހްކޮށްފިއެވެ.
ހޯމަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެކްޝަން ޕްލޭން އިފްތިތާފް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭނަކީ ދޮށީ އުމުރުގެ މީހުންނާބެހޭ ޤައުމީ ސިޔާސަތުގައި އެކުލެވޭ ކަންކަން ތަންފިޒުކުރުމަށްޓަކައި އެކުލަވާލެވުނު އެކްޝަން ޕްލޭނެކެވެ.
މިއެކްޝަން ޕްލޭންގައި މައިގަނޑު ހަތަރުކަމެއް ވަނީ ކަނޑައަޅާފައެވެ.
އެއީ އަޅާލުމާއި ރައްކާތެރިކަމުގެ ތެރެއިން، ދޮށީ އުމުރުގެ މީހުންނަށް ދިމާވާ އެކި ބާވާތްތަކުގެ އަނިޔާއިން ރައްކާތެރިކޮށް، އިންސާނީ ކަރާމާތް ދެމެހެއްޓުމުގެ މަސައްކަތް ހަލުވި މިނެއްގައި ކުރުމަށް 11 ޕްރަޔޯރިޓީ އެކްޝަން އެކުލަވާލުމާއި، މިނިވަންކަމާއި ބައިވެރިވުމުގެ ސިޔާސަތުގެ ތެރެއިން، މިނިވަންކަމާއެކު ކަންކަމުގައި ބައިވެރިވުމަށް ހުރަސްތަކަކާ ކުރިމަތިލާންޖެހޭތީ، މިކަންކަން ކުޑަކުރެވޭނެ ގޮތްތައް މަގުފަހިކުރުމަށް 07 ޕްރަޔޯރިޓީ އެކްޝަން އެކުލަވާލުމާއި،
ސިއްހަތާ ދުޅަހެޔޮކަމުގެ ތެރެއިން، އުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ އެކި ބާވަތުގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހީ މައްސަލަތަކަކީ ދޮށީ އުމުރުގެ އާބާދީ ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަށްވާތީ މިސިޔާސަތު ދަށުން 13 ޕްރަޔޯރިޓީ އެކްޝަން އެކުލަވާލުގެ އިތުރުން ދޮށީ އުމުރަށް ތައްޔާރުވުންގެ ސިޔާސަތުން ދޮށީ އުމުރަށް ތައްޔާރުވުމަށްޓަކައި މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރުމުގެ އިތުރުން، ދޮށީ އުމުރުގައި ބޭނުން ކުރުމަށް ފައިސާ ރައްކާކުރުމަށް ޚާއްސަކޮށްފައިވެއެވެ. އަދި މިސިޔާސަތުގެ ދަށުން 03 ޕްރަޔޯރިޓީ އެކްޝަނެއް ވަނީ އެކުލަވާލާފައެވެ.
މިއެކްޝަން ޕްލޭން ތަންފީޒުކުރުމަށްޓަކައި ދޮށީ އުމުރުގެ މީހުންގެ ހައްގުތަކާ ބެހޭ ގައުމީ ކޮމެޓީއެއް ޖެންޑަރ މިނިސްޓްރީން ވަނީ އެކުލަވާލާފައެވެ.
ދޮށީ އުމުރުގެ މީހުންނާ ބެހޭ ގައުމީ އެކްޝަން ޕްލޭންއާ ބެހޭ ގޮތުން ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ ދޮށީ އުމުރުގެ މީހުންގެ ވާހަކަ ދައްކާއިރު، ގައުމީ މާމަ ކާފައިންގެ ދުވަހަކީ ދުނިޔޭގެ އެކިގައުމުތަކުގަ ވަރަށް އިސްކަމެއްދީގެން ފާހަގަކުރާ ދުވަހެއް ކަމަށާއި، ނަމަވެސް ރާއްޖޭގައި މިދުވަސް ފާހަގަނުކުރާ ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގަ ރާއްޖޭގައި ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ އެއްވަނަ ދުވަހަކީ ގައުމީ މާމަ ކާފައިންގެ ދުވަހުގެ ގޮތުގައި ހަމަޖައްސާ މިދުވަސް ކުލަ ގަދަކޮށް ފާހަގަކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަޅުގަނޑުމެން ކެބިނެޓް ލެވަލްގައި ގައުމީ ފެންވަރެއްގައި މާމަ ކާފައިންގެ ދުވަސް ފާހަގަކުރުމުގެ ވާހަކަ ދެއްކިއިރުގަ އެއާ ގުޅިގެން އުމުރުން ދުވަސްވީ މީހުންގެ ވާހަކަ ދެއްކީމަ ބައެއް ބޭފުޅުން ފާހަގަކުރެއްވި މާމަ ކާފަ ކިޔަނީ އަދި މުސްކުޅި އެކަނިވެގެން ނޫނޭ. ޅަ އުމުރުގައި މާމަ ކާފައިންނަށް ވާ ބެފުޅުންނަށް. 3 ވަނަ ޖަނަރޭޝަނަށް ދަރިފަސްކޮޅު ދަނީ. އެހެންވީމަ ކުދިންނަށް އެބަ އެނގެންޖެހޭ ވަރަށް ސީނިއާރ އިހުތިރާމް ކުރުމާ އެމީހުންނަށް އެހިސާބަށް ދެވިފައި އެތިބީ ގިނަ ތަޖުރިބާތަކެއްކޮށްގެންޝިދާތާ - ޖެންޑަރ މިނިސްޓަރު
މިނިސްޓަރު ޝިދާތާ ވިދާޅުވީ މާމަ ކާފައިންގެ ދުވަސް ފާހަގަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެމީހުން ގައުމަށް ކޮށްދީފައިވާ މުހިންމު ކަންކަމާއި އަދި އާއިލާތަކަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަން ކުރަންޖެހޭ ކަމަށެވެ. އަދި އެމީހުންގެ ހުނަރުތައް އާލާކުރުވައި ދަރިންގެ ދަރިންނަށް އެމީހުން ކޮށްދީފައިވާ ކަންކަން ކިޔައީދީ އެމީހުންނަށް ކުރާ އިހުތިރާމާއި ލޯބި އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ޝިދާތާ ވިދާޅުވީ ދަރިންހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް ބިނާކުރަނިވި ޖީލެއް އުފައްދާ ދަރިންގެ ދަރިންގެ މުސްތަގުބަލް އުޖާލާކުރުމަށް މަސައްކަތް ކުރާ ކޮންމެ މީހަކީ މުހިންމު މީހެއްކަމެއް ކަމަށާއި، އެބައެއްގެ ތަޖުރިބާ ބަލައިގަންނަންޖެހޭ ކަމަށެވެ.