Advertisement
ކ. މާލެ
|
17 ނޮވެންބަރ 2019 | އާދީއްތަ 18:39
ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް
ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް
ރާއްޖެއެމްވީ
ޖެންޑަރ މިނިސްޓަރު
ރިހިބެލިޓޭޝަން ފުރުސަތު ނުލިބި ތިބި ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެބަތިބި: މިނިސްޓަރު ޝިދާތާ
ޕްރައިވެޓް އިންސިޓިއުޝަންތަކަށް ހުއްދަ ދެމުންދަނީ
މެތަޑޯން ޕްރޮގްރާމް ފެށުމުގެ މަސައްކަތް ކުރަން
ރިހިބެލެޓޭޝަން ތިން ސެންޓަރެއް ވަނީ ހުޅުވިފައި

ރިހިބެލިޓޭޝަން ފުރުސަތު ނުލިބި ތިބި ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެބަތިބި ކަމަށާއި، އެފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެއްއަހަރު ފުރުމާ ގުޅިގެން ރާއްޖެޓީވީން ގެނެސްދޭ ލައިވް ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ރިހިބެލިޓޭޝަން ފުރުސަތު ބޭނުންވާ ގިނަ ބަޔަކު އެބަތިބި ކަމަށެވެ.

Advertisement

އެފަރާތްތަކަށް ފުރުސަތުތައް ހޯދިނުމުގެ ގޮތުން މިޚިދުމަތްތައް ދިނުމަށް ޕްރައިވެޓް އިންސިޓިއުޝަންތަކަށް ހުއްދަ ދެމުންދާ ކަމަށާއި، މިޚިދުމަތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތުތައް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮމިއުނިޓީ ސަރވިސްއާއި، ކުރީގެ ހިންގަމުންދިޔަ ޕްރޮގްރާމެއް ކަމަށްވާ މެތަޑޯން ޕްރޮގްރާމް އިތުރު ފުރިހަމަ ކަމަކާއެކު ފަށައިގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ ކަމަށެވެ.

މަސްތުވާތަކެތީގެ ގާނޫނުން ލާޒިމްކުރޭ ޑްރަގް ރިމާންޑް ސެންޓަރެއް ހުޅުމަށްވެސް. މިހާ ދުވަސް ވީއިރުގަ އެކަމަށް އެއްވެސް ބަޔަކު އަޅާނުލާ އޮތީ. އެހެން ނަމަވެސްމިހާރު ރިމާންޑް ސެންޓަރުގެ މަސައްކަތް ވެސް ކުރިއަށް އެބަ ގެންދޭ. ތަނެއް ކަނޑައެޅި އެތަނަށް އެބޭނުންވާ ޚިދުމަތްތަކާއި ބޭނުންވާ ފެސިލިޓީތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ. އަޅުގަނޑު އުންމީދުކުރަނީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ޒަމާންތަކެއް ވަންދެން އިހުމާލުވެފަ އަދި ނުކުރެވި އޮތް އެމަސައްކަތް ވެސް އަޅުގަނޑުމެން ކާމިޔާބުކޮށް ހާސިލް ކުރާނަން.
ޝިދާތާ- ޖެންޑަރ މިނިސްޓަރު

މިނިސްޓަރު ޝިދާތާ ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، ގިނަ އަދދެއްދެ ޒުވާނުން މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާކަމަށެވެ. މަސްތުވާތަކެތީގެ މައްސަލައަށް ޖުމްލަ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ޑްރަގް ރިހިބެލެޓޭޝަން ތިން ސެންޓަރެއް ޤާއިމުކޮށްފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް