ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކުރި މަރުކޮމިޝަންގެ ރިޕޯޓް ރައީސް އޮފީހުން އާންމުކޮށްފި އެވެ.
އެ އޮފީހުން ބުނީ 1 އޮކްޓޫބަރު 2012 ދުވަހުގެ ރޭ ވަރަށް އަނިޔާވެރިކަމާއެކު އަވަހާރަކޮށްލާފައި ވާތީވެ، އެކަން ރޭވި މީހުންނާއި އެކަން އެ ބަޔަކު ކުރަން ބޭނުންވި ސަބަބު ހޯދުމަށާއި އެކަމަށް ޚަރަދުކުރި ފަރާތް ހޯދުމުގެ މަސައްކަތް ހަވާލުކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް 17 ނޮވެމްބަރ 2018 ގައި އުފައްދަވާފައިވާ މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން އެމައްސަލަ ބެލުމަށްފަހު ވަނީ ރިޕޯޓެއް އެކުލަވާލާފައިކަމަށެވެ.
އަދި އެމައްސަލަ ބެލުމަށްފަހު އެ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓު ނޫސްބަޔާނާއިއެކު ޢާންމުކުރާކަމަށް ރައީސް އޮފީހުން ބުނެއެވެ.
އިތުރު ތަފްސީލު އަންނަނީ...