Advertisement
ކ. މާލެ
|
17 ނޮވެންބަރ 2019 | އާދީއްތަ 15:57
ޖޮބް ސެންޓަރ އިފްތިތާހު ކުރުމުގެ ތެރެއިން
ޖޮބް ސެންޓަރ އިފްތިތާހު ކުރުމުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
އިކޮނޮމިކް މިނިސްޓްރީ
ޖޮބް ސެންޓަރ އިފްތިތާހު ކޮށްފި
މިހާރު އަދާކުރާ ވަޒީފާތަކުގެ އިތުރުކުރާނެ ގޮތްތައް ހޯދާނެ ކަމަށް ފައްޔާޒު ވިދާޅުވި
ގިނަ އަދަދެއްގެ ބަޔަކު ވަޒީފާ ހޯދަމުންދާލަން ފާހަގަކުރެއްވި

ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ތައާރަފު ކުރި ''ޖޮބް ސެންޓަރ'' އިފްތިތާހު ކޮށްފިއެވެ.

އާދިއްތަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ''ޖޮބް ސެންޓަރ'' އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލެވެ.

ވަޒީފާ ހޯދާ ފަރާތްތަކަށް ފަސޭހަކަމާއި އެކު ވަަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ތައާރަފު ކުރި އެޕޯޓަލްއާއި އެކު ވަޒީފާ ހޯދާ ފަރާތްތަަކަށާއި، ވަޒީފާ ދޭ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް ވަޒީފާގެ ފުރުސަތުތައް ބަލައިލެވޭނެއެވެ. އަދި ވަޒީފާތަކަށް ހުޅުވާލުމުން އެމީހަކަށް އެމީހާގެ ފެންވަރަށް ބެލުމަށްފަހު ޖޮބް ސެންޓަރުން ވަޒީފާ ހަމަޖެހިގެންދެއެވެ.

Advertisement

ޖޮބް ޕޯޓަލް އިފްތިތާހު ކުރުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ޖޮބް ސެންޓަރަކީ މަޤްސަދަކީ، ވަޒީފާ އިތުރުކުރުމުގެ އިތުރުން މިހާރު އަދާކުރާ ވަޒީފާތަކުގެ އިތުރުކުރާނެ ގޮތްތައް ހޯދުން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، މި ޕޯޓަލްގެ ސަބަބުން ސިޔާސަތު ކަނޑައެޅުމަށް މައުލޫމާތު ލިބިގެންދާނެ ކަމަށާއި، ސިނާޢަތްތަކުން ބޭނުންވާ ފަންނުތަކާއި ވަޒީފާތައް ދެނެގަނެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް