Advertisement
ކ. މާލެ
|
17 ނޮވެންބަރ 2019 | އާދީއްތަ 07:59
މަރު ކޮމިޝަންގެ ރިޕޯޓް
މަރު ކޮމިޝަންގެ ރިޕޯޓް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީސް
އަފްރާޝިމްގެ މަރުގެ ރިޕޯޓްގެ ހުލާސާ މިއަދުގެ ޖަލްސާގައި
މަރު ކޮމިޝަނުން މަޖިލީހަށް ރިޕޯޓް ފޮނުވީ މިދިޔަ ހަފްތާގައި
ރިޔާސީ ކޮމިޝަނުން ދަނީ ރިޕޯޓް ލީކުވި މައްސަލައެއް ބަލަމުން
މި ރިޕޯޓުގައިވާ ކަންކަމާއި މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުން

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓުގެ ހުލާސާ ރައްޔިތުންގެ މަޖިލީހުން އާއްމުކުރާ ގޮތަށް ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ‏މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އެކުލަވައިލި ޑރ.އަފްރާޝީމް މަރުގެ މައްސަލައިގެ ރިޕޯޓުގެ ހުލާސާ އެއް އާދިއްތަ ދުވަހުގެ ޖަލްސާގައި އިއްވަން ހަމަޖެހިފައިވާ ކަމަށެވެ. ރިޕޯޓު އިއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.

Advertisement

ޑރ. އަފްރާޝީމް މަރާލާފައިވަނީ، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ސްޓެލްކޯ ސަރަހައްދުގައި ހުންނަ ހ. ފުންވިލު ސިޑި ގޮޅި ސަރަހައްދުގައެވެ. އަފްރާޝީމް މަރާލުމުގެ ދައުވާ ސާބިތުވެފައި ވަނީ ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށެވެ. އަދި އެ މައްސަލައިގާ ހައްޔަރުކުރި އެހެން މީހުންގެ މައްޗަށް އެކަމުގެ އެއްވެސް ކަމެއް ސާބިތު ނުވެ އެ މީހުން ވަނީ މިނިވަންވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް