Advertisement
ކ. މާލެ
|
16 ނޮވެންބަރ 2019 | ހޮނިހިރު 11:09
ދަނޑުވެރިއެއް މަސައްކަތް ކުރަނީ
ދަނޑުވެރިއެއް މަސައްކަތް ކުރަނީ
އަޝްވާ ފަހީމް
ދަނޑުވެރިކަން
ދަނޑުވެރި ނަފާ ލޯން ސްކީމުން މިހާތަނަށް ލޯނު ނެގީ ދެ ފަރާތަކުން: މިނިސްޓަރ
ނަފާ ލޯން ސްކީމް ހިންގަނީ އެސްއެމްއީ ބޭންކު މެދުވެރިކޮށް

ދަނޑުވެރިންނަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ނަފާ ލޯން ސްކީމުން ލޯން ނެގުމަށް މިހާތަނަށް އާއިރު އެދިފައިވަނީ ދެ ފަރާތަކުން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ"ގެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމަށެވެ.

Advertisement

ދަނޑުވެރިންގެ ނަފާ ލޯން ސްކީމަކީ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ބޭންކު މެދުވެރިކޮށް ހިންގާ ލޯން ސްކީމެކެވެ. މިނިސްޓަރ ވިދާޅުވީ މި ސްކީމަށް 14 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

މިސްކީމްގައި 14 މިލިއަން ރުފިޔާ ވަނީ ލެވިފައި. އަދި ދެފަރާތަކުން ލޯންނެގީ. އެއް ފަރާތަކަށް ދެ މިލިއަނާ ހަމައަށް ލޯން ލިބިފައިވަނީ.
މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު

މިނިސްޓަރ ވިދާޅުވީ މި ސްކީމްގެ ދަށުން ދަނޑުވެރިކަމާ ގުޅުންހުރި ތަފާތު އެކިއެކި މަސައްކަތްތައް ކުރުމަށް ލޯނު ދޫކުރެވޭނެ ކަމަށެވެ.

ދަނޑުވެރި ނަފާ ލޯނު ސްކީމުން ކޯޕަރޭޓް ނުވަތަ ކުންފުންޏަކަށްނަމަ ދެ މިލިއަން ރުފިޔާ އަދި އަމިއްލަ ފަރުދަކަށް ނަމަ ފަސް ލައްކަ ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް