Advertisement
ކ. މާލެ
|
14 ނޮވެންބަރ 2019 | ބުރާސްފަތި 00:11
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަނީ
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަނީ
ރާއްޖެ އެމްވީ
ލާމަރުކަޒީ ގާނޫނު
ކައުންސިލްތަކަށް ފައިސާ ދިނުމުގެ ކުރިން ހަރުދަނާ އުސޫލުތަކެއް ހަދަންޖެހޭ: އޮޑިޓަރ ޖެނެރަލް
ކައުންސިލްތަކުން މާލީ ބަޔާން ހުށައަޅެން ކަށަވަރު ކުރަން ޖެހޭ
ލިބޭ ފައިސާ ހަރަދުކުރަނީ މާލިއްޔަތު ގަވައިދާ އެއްގޮތަށްތޯ ބަލަން އުސޫލުތަކެއް އެކަށައަޅަން ޖެހޭ
އޮޑިޓަރ ޖެނެރަލް އޮފީހުގް އަމާޒަކީ އަހަރަކު އެއް ފަހަރު ކައުންސިލްތައް އޮޑިޓް ކުރުން

ލާމަރުކަޒީ ގާނޫނަށް ގެނެވޭ ބަދަލާއެކު ކައުންސިލްތަކަށް ދޭ ފައިސާ ދިނުމުގެ ކުރިން، ހަރުދަނާ އުސޫލުތަކެއް އެކަށައަޅަން ޖެހޭ ކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

Advertisement

ބުދަ ދުވަހުގެ ރޭ ބޭއްވި ބަޖެޓު ދިރާސާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޒިޔަތު ވިދާޅުވީ، ހަގީގީ މާނައިގައި ލާމަރުކަޒު ކުރެވޭނީ ކައުންސިލްތަކަށް މާލީ މިނިވަންކަން ދީގެން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް، ކައުންސިލްތަކަށް މާލީ މިނިވަންކަން ދިނުމުގެ ކުރިން ކައުންސިލްތަކުން އެ ފައިސާ ހަރަދުކުރަނީ ކިހިނެއްތޯ ބެލުމަށް ހަރުދަނާ އުސޫލުތަކެއް އެކުލަވާލަން ޖެހޭ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނު ފުރިހަމަ ގޮތުގައި ބޭނުންކުރަން ކައުންސިލްތަކަށް (ފައިސާ) ދޭންޖެހޭ. ހަގީގީ މިނިވަންކަން ނުވަތަ ބާރުވެރިކަމަކީ ފައިނޭންޝަލް އިންޑިޕެންޑެންސް. އެކަން ފުރިހަމަ ވެގެން ދިޔުމަކީ ހަގީގަތުގައި ރަނގަޅު ފާލެއްގެ ގޮތުގައި އަޅުގަނޑުވެސް ދެކެން. އެހެން ނަމަވެސް މީގެ އިތުރު ކޮންޓްރޯލް މެޝަރޒްތައް އަންނަން އެބަޖެހޭ.
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު

ޒިޔަތު އިތުރަށް ވިދާޅުވި ގޮތުގައި، ބައެއް ފަހަރު ކައުންސިލްތަކުން ކޮންމެ އަހަރަކު ހުށައަޅަން ޖެހޭ މާލީ ބަޔާން ވެސް ހުށައަޅާފައި ނުވެއެވެ. އަދި ކައުންސިލްތަކަށް ފައިސާ ދިނުމުގެ ކުރިން، މާލީ ބަޔާން ހުށައެޅުން ކަށަވަރުން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްތަކުން ހަރަދުކުރާ ފައިސާ ހަރަދުކުރަނީ ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަން ކަށަވަރު ކުރުމަށް ހަރުދަނާ އުސޫލުތަކެއް ގާއިމްކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ. އޮޓިޓަރ ޖެނެރަލް އޮފީހުގެ އަމާޒަކީ ކޮންމެ އަހަރަކު އެއް ފަހަރު ހުރިހާ ކައުންސިލްތަކެއް އޮޑިޓްކޮށް ނިންމުމެވެ.

ހަވާލުކުރެވޭ ފައިސާ ބޭނުންކޮށްފައި މިއޮތީ މާލިއްޔަތު ގާނޫނައި ގަވައިދާ އެއްގޮތަށްތޯ (ކަށަވަރުކުރަންޖެހޭ). އަޅުގަނޑުމެންގެ މިހާރުގެ މޮޑެލްއަކީ ހުރިހާ ކައުންސިލްތަކެއް އެއް އަހަރެއްގެ ތެރޭގައި އޮޑިޓްކުރުން.
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު

އޮޑިޓަރ ޖެނެރަލް ވަނީ ދައުލަތުން މާލީ ބުރައެއް އުފުލަން ޖެހޭ ހުރިހާ އެއްބަސްވުންތަކަކާއި ގުޅޭ މައުލޫމާތު އެ އޮފީހާ ހިއްސާކުރުމަށް ވެސް އެދިފައެވެ. އެއްބަސްވުންތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމުން ކައުންސިލްތައް އޮޑިޓް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ކޮންމެ ކައުންސިލަކަށް ވަނީ ބްލޮކް ގްރާންޓްގެ ގޮތުގައި ފަސް މިލިއަން ރުފިޔާއާ ހަ މިލިއަން ރުފިޔާއާ ދޭތެރޭގެ އަދަދަކަށް ފައިސާ ދިނުމަށް ހަމަޖެހިފައެވެ. އަދި ލާމަރުކާޒީ ގާނޫނު ފާސްވެ ތަންފީޒުކުރެވޭ ހިސާބުން ކައުންސިލްތަކުގެ އިހްތިސާސްގެ ދަށުގައިވާ ތަންތަނުން ލިބޭ ފައިސާވެސް ކައުންސިލަތަކަށް ލިބޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
14 ނޮވެންބަރ 2019 | ބުރާސްފަތި 09:40
ބިސްމި
އޯޑިޓް އޮފީހުގެ ގޮފިތަކެއް ހުރިހާ އަތޮޅެއްގައި އުފައްދައިގެން މެނުވީ މިކަން ހަރުދަނާ ގޮތެއްގައި ކޮންމެ އަހަރަކު އެއްފަހަރު ނުކުރެވޭނެ !