Advertisement
ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 13:57
ފަނޑިޔާރު އަބްދުﷲ އަރީފް
ފަނޑިޔާރު އަބްދުﷲ އަރީފް
މުހައްމަދު ޝަރުހާން
ފަނޑިޔާރު އަބްދުﷲ އަރީފް
ޖޭއެސްސީގެ ރައީސް ކަމުން ފަނޑިޔާރު އަރީފް އިސްތިއުފާ ދެއްވައިފި
އިސްތިއުފާ ދެއްވީ ހާލަތު ދަންނުދެއްވާތީ

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމުން ފަނޑިޔާރު އަބްދުﷲ އަރީފް އިސްތިއުފާ ދެއްވައިފިއެވެ.

އަރީފް އިސްތިއުފާދެއްވިކަން ޖޭއެސްސީގެ ސެކެރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވަނީ ރާއްޖެ.އެމްވީ އަށް ކަށަވަރު ކޮށްދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެމަނިކުފާނު އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ތަން ނުދޭތީއެވެ.

Advertisement

ޖޭއެސްސީއަށް ސުޕްރީމް ކޯޓުން އިންތިޚާބު ކުރާ މެންބަރު ކަމުގެ މަގާމަށް ފަނޑިޔާރު އަރީފް އައްޔަން ކުރައްވާފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެމަނިކުފާނު އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ކުރިން އެކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި އަލީ ހަމީދު މަގާމުން ވަކިކުރުމަށް ފަހުއެވެ.

ޖޭއެސްސީން ދަނީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީގެ މައްސަލައެއްވެސް ބަލަމުންނެވެ. އެހެން ނަމަވެސް ޖޭއެސްސީގެ ތަހުގީގަށް އެމަނިކުފާނު އެއްބާރުލުމެއް ނުދެއްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް