Advertisement
ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 12:24
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ- މިނިސްޓްރީ އޮފް ހެލްތް
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ- މިނިސްޓްރީ އޮފް ހެލްތް
މޯލްޑިވްސް އިންޑިޕެންޑެންޓް
ހެޕަޓައިޓިސް ބީ
އާސަންދައިގެ ދަށުން ހެޕަޓައިޓިސް ބީ ގެ ބޭސް އެސްޓީއޯ ފާމަސީން މިހާރު ލިބޭނެ: އެޗްޕީއޭ
އައިޖީއެމްއެޗްގައި ހުންނަ އެސްޓީއޯ ފާރމަސީން ބޭސް ލިބެން ހުންނާނެ
ޑޮކްޓަރުގެ ބޭސް ސިޓީ ހުށައެޅުމުން އާސަންދައިގެ ދަށުން ބޭސް ލިބޭނެ
ހެޕަޓައިޓިސް ބީ އަކީ ގައިންގަޔަށް އަރާ ބައްޔެއް

ހެޕަޓައިޓިސް ބީ އަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭސް އާސަންދައިގެ ދަށުން އެސްޓީއޯ ފާމަސީން ލިބެން ހުންނާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Advertisement

އަންގާރަ ދުވަހު އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، އައިޖީއެމްއެޗްގައި ހުންނަ އެސްޓީއޯ ފާމަސީން ބޭސް ލިބެން ހުންނާނެ ކަމަށާއި، ޑޮކްޓަރުގެ ބޭސް ސިޓީ ހުށައެޅުމުން އާސަންދައިގެ ދަށުން ބޭސް ލިބޭނެ ކަމަށެވެ.

ފުއްޕާމެއަށް ޖެހޭ ބައްޔެއް ކަމަށްވާ ހެޕަޓައިޓިސް ބީ އަކީ ގައިންގަޔަށް އަރާ ބައްޔެކެވެ. މިބަލީގެ ކުރީކޮޅުގައި ފެންނަ ބައެއް އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި، ވަރުބަލި ވުމުގެ އިތުރުން ބަނޑުގައި ރިއްސުން ހިމެނެއެވެ.

މި ބައްޔަށް އެކަށީގެންވާ ފަރުވާ ނުލިބިއްޖެނަމަ ގިނަ ދުވަސްތަކަކަށް ބަލި ދެމިގެންގޮސް އޭގެ ސަބަބުން ނުރައްކާތެރި އެހެން ބަލިތަކަށްވެސް މަގުފަހިވެގެންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް