ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 18:23
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
މުހައްމަދު ޝަރުހާން
މީރާ
މިއަހަރުގެ އޮކްޓޯބަރު މަހު މީރާ އިން 927.61 މިލިއަން ރުފިޔާ ބަލައިގެންފައިވޭ
މި އަހަރުގެ އޮކްޓޯބަރު މަހު މީރާ އަށް 927.61 މިލިއަން ރުފިޔާ ބަލައިގަނެފައިވޭ
މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 35.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި އަޅާ ބަލާއިރު މި އަހަރުގެ އޮކްޓޯބަރު މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ އަކީ 927.61 މިލިއަން ރުފިޔާ ކަމަށް މީރާގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 10.1 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި މިއަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު ޖީޖީއެސްޓީ، ޓީޖީއެސްޓީ، ބީޕީޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ މަދުކަމަށް މީރާ އިން ބުނެއެވެ. އާމްދަނީ ދަށްވި ސަބަބަކީ 2018 ވަނަ އަހަރުގެ ލޭންޑް އެކުއިޒިޝަން ފީ އަދި ކޮންވަރޝަން ފީ ގެ ގޮތުގައި ލިބިފައިވާ ފައިސާ އަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަން ޖެހޭ ފައިސާއަކަށްވުމާއި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބެންޖެހޭ ބައެއް ފައިސާ، ސުންގަޑީގެ ފަހުން ދައްކާފައިވާތީ ކަމަށް މީރާ އިން ބުނެއެވެ. އަދި އެ ފައިސާ އަކީ އޮކްޓޯބަރު މަހުގެ ތެރޭގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ފައިސާ ނޫން ކަމަށް ވެސް އެ އޮތޯރިޓީ އިން ބުނެއެވެ.

މި އަހަރުގެ އޮކްޓޯބަރު މަހު މީރާ އަށް ޖީއެސްޓީގެ ގޮތުގައި 554.88 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓޫރިޒަމް ލޭންޑް ރެންޓް އިން ލިބިފައިވަނީ 79.07 މިލިއަން ރުފިޔާއެވެ. ގްރީން ޓެކްސްގެ ގޮތުގައި 53.03 ރުފިޔާ ލިބިފައިވާއިރު އެއަރޕޯޓް ޑިވަލޮޕްމަންޓް ފީ ގެ ގޮތުގައި 51.12 ރުފިޔާއެވެ. މީގެ އިތުރުން އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 50.37 މިލިއަން ރުފިޔާ ލިބިފައިވާއިރު އެހެނިހެން ޓެކުހާއި ފީ ގެ ގޮތުގައި 139.14 މިލިއަން ރުފިޔާ މީރާ އަށް ލިބިފައިވެއެވެ.

އޮކްޓޯބަރު މަހުގެ ތެރޭގައި މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 35.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

- ކޮމެންޓް