Advertisement
ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 16:09
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
މަޖިލިސް
މަޖިލިސް 2019
ގައުމީ އުފެއްދުންތެރިކަމުގެ އިންސައްތަ އަށްވުރެ ދަރަނީގެ އިންސައްތަ ދަށްވާން ޖޭހޭ: އަމީރު
އަންނަ އަހަރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް %7.5 އަށް އިތުރުވާނެ ކަމަށް މިނިސްޓަރ ވިދާޅުވި

ގައުމީ އުފެއްދުންތެރިކަމުގެ އިންސައްތައަށް ވުރެ ދަރަނީގެ އިންސައްތަ ދަށްވާން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement

އަމީރު ވިދާޅުވީ މިހާތަނަށް ދަރަނި އިތުރުކުރުމުގެ ސިޔާސަތަކަށް ބަލަނީ އެންމެ ނުކުތާއަކަށް ކަމަށެވެ. އެއީ އަބަދުވެސް ދަރަނި އިތުރުވެގެން ދާންޖެހޭނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރުވާ މިންވަރަށް ވުރެ ދަށް ކޮށް ކަމަށެވެ. އެގޮތުން އަންނަ އަހަރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް %7.5 އަށް އިތުރުވާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދަރަނިވެރިވާން ޖެހޭނީ އެއަށް ވުރެ ދަށްކޮށް ކަމަށެވެ.

މިހާތަނަށް އަޅުގަނޑުމެންގެ ދަރަނި އިތުރުކުރުމުގެ ސިޔާސަތަކަށް އަޅުގަނޑުމެން މި ބަލަނީ ހަމަ އެންމެ ނުކުތާއެއް. އެއީ އަޅުގަނޑުމެން އަބަދުވެސް އަޅުގަނޑުމެން ދަރަނި އިތުރުވެގެންދާންޖެހޭނީ އަޅުގަނޑުމެންގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރުވާ މިންވަރަށް ވުރެ ދަށްކޮށްގެންނޭ. މިއަންނަ އަހަރު އަޅުގަނޑުމެންގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް މި އިތުރުވަނީ 7.5% ގައި.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ދަރަނި ރެކޯޑު ކުރުމުގައިއާއި ރިޕޯޓު ކުރުމުގައިވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ކުރީ އަހަރުތަކާއި ޚިލާފަށް ދިވެހި ރާއްޖޭގެ ދަރަންޏާއި ސަރުކާރާއި ދައުލަތަށް ލިބޭ އާމްދަނީއާއި ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކާއި ޙަރަދުތައް ކޮންމެ ހަފްތާއަކު ޝާއިއު ކުރަމުން ދިއުމަކީ ވޯރލްޑް ބޭންކާއި އައިއެމްއެފްއިންވެސް ވަރަށް ބޮޑަށް މަރުހަބާ ކިޔާކަމެއް ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ނަމުގައި ސަރުކާރުން ނަގާފައިވާ ލޯނުތަކާއި އަދި ދައުލަތުގެ ނަމުގައި ސަރުކާރުން ދީފައި ހުރި ސޮވަރިންގް ގެރެންޓީސްގެ ތަފްސީލުވެސް ވެބްސައިޓުގައި ޝާއިއު ކޮށްފައިވާކަމަސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ 2020 ގެ ބަޖެޓުފާސްކުރުމަށް ފަހު ލިބޭ އާމްދަނީއާއި ކުރާ ހަރަދުތައް ކޮންމެ ހަފްތާއަކު ފިސްކަލް ޑިވެލޮޕްމެންޓްސްގެ ގޮތުގައި ޝާއިއު ކުރަމުންގެންދާނެ ކަމަށެވެ.

ބަޖެޓުގެ ބޭރުން އެއްވެސް ހަރަދެއް ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ އަރުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް