Advertisement
ކ. މާލެ
|
13 ނޮވެންބަރ 2019 | ބުދަ 00:12
އެކްސިޑެންޓް ހިނގި ސަރަހައްދުުގައި ފުލުހުން ހަރަކާތްތެރިވަނީ
އެކްސިޑެންޓް ހިނގި ސަރަހައްދުުގައި ފުލުހުން ހަރަކާތްތެރިވަނީ
އެމްވީކްރައިސިސް
ހައިވޭ އެކްސިޑެންޓް
ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު ނިޔާވެއްޖެ
އެކްސިޑެންޓް ވި ކުޑަކުއްޖާ ގެންގޮސްފައިވަނީ ޓްރީޓޮފް ހޮސްޕިޓަލަށް
އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތުދޭ
ބަސް ދުއްވަން އިން 51 އަހަރު މީހާ ވަނީ ހައްޔަރުކޮށްފައި

ހުޅުމާލެ-ހުޅުލޭ ހައިވޭ މަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި, 13 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންގާރަ ދުވަހުގެރޭ 22:40 ހާއިރު ހުޅުމާލެ ނިރޮޅު މަގުން އައިސް، ހައިވޭއަށް އަރާ ހިސާބު، ބަސް ޓަރމިނަލް ކައިރިން ސައިކަލަކާއި އެމްޓީސީސީގެ ބަހެއްޖެހި އެކްސިޑެންޓެއްވެފައިވާކަމަށެވެ. އަދި މި އެކްސިޑެންޓްވެފައިވަނީ 13 އަހަރުގެ އަންހެން ކުއްޖަކަށާއި، 51 އަހަރުގެ އަންހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

އޭގެތެރެއިން އަންހެން މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނުއިރު، ކުޑަ ކުއްޖާ ގެންގޮސްފަިއވަނީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އަދި ކުޑަ ކުއްޖާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޮތީ މަރުވެފައިކަމަށް ފުލުހުން ބުންޏެވެ.

Advertisement

އެކްސިޑެންޓްވުމުން ބަސް ވަނީ މަޑުނުކޮށް ގޮސްފައިކަމަށް ފުލުހުން ބުންޏެވެ. އަދި ބަސް ހުއްޓުވާފައިވަނީ ހައިވޭގެ ޔޫޓަރން ނަގާ ސަރަހައްދުންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި ބަސް ދުއްވަން އިނީ 54 އަހަރު ދިވެހި ފިރިހެނެކެވެ. އަދި އޭނާ ހައްޔަރުކޮށް، މައްސަލަ ތަހުޤީޤްކުރަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް