ކ. މާލެ
|
12 ނޮވެންބަރ 2019 | އަންގާރަ 21:43
ބީއެމްއެލް ބިޒްނަސް ސެންޓަރ މާލޭގައި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބީއެމްއެލް ބިޒްނަސް ސެންޓަރ މާލޭގައި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ބީއެމްއެލް ބިޒްނަސް ސެންޓަރ
އެސްއެމްއީތަކަށް ހާއްސަ ބިޒްނަސް ސެންޓަރެއް ބީއެމްއެލްއިން ހުޅުވައިިފި
ކުރިޔަށް އޮތް ތަނުގައި ހުޅުމާލޭ އަދި ކުޅުދުއްފުށީގައިވެސް ބިޒްނަސް ސެންޓަރުތަކެއް ހުޅުވާނެ
މީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރިއާއި ގުޅޭ ލަފަޔާއި އިރުޝާދު ލިބިގެންދާނެ
ބިޒްނަސް ސެންޓަރުން ކަމާގުޅޭ ތަޖުރިބާކާރުންގެ އިރުޝާދު ލިބިގެންދާނެ

އެސްއެމްއީތަކަށް ހާއްސަ ބިޒްނަސް ސެންޓަރެއް ބޭންކް އޮފް މޯލްޑިވްސް އިން މާލޭގައި ހުޅުވައިފިއެވެ.

މިކަމަށް ހާއްސަކޮށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މާލޭގައި އަލަށް ގާއިމުކުރި ބިޒްނަސް ސެންޓަރ ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއާއި ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރއެވެ.

މާލޭގައި އަލަށް ގާއިމުކުރި ބިޒްނަސް ސެންޓަރ ހުޅުއްވައިދެއްވުން

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ އަލަށް ހުޅުވިގެންދިޔަ ބިޒްނަސް ސެންޓަރުގެ ސަބަބުން ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ އެސްއެމްއީ ލޯނުގެ ފަސޭހަ ހިދުމަތްތައް ރައްޔިތުންނަށް ލިބިގެންދާނެކަމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހާއްސަ ރިލޭޝަން މެނޭޖަރުންގެ ހިދުމަތުގެ އިތުރުން ވިޔަފާރިއާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ލޯނަށް އެދި ހުށަހެޅުމުގެ މަރުހަލާގައި އެހީތެރިކަން މި ސެންޓަރުގެ މުވައްޒަފުންގެ ފަރާތުން ލިބިގެންދާނެކަމަށެވެ.

ޓިމް ވިދާޅުވީ ކަސްޓަމަރުން ބޭނުންވާ މައުލޫމާތު ކަމާގުޅޭ މާހިރުންގެ ފަރާތުން ލިބިގެންދާނެކަމަށެވެ. މީގެއިތުރުން މި ސެންޓަރުގައި މަސައްކަތްކުރަމުންދާ ތަޖްރިބާކާރު މުވައްޒަފުންގެ ފަރާތުން ވިޔަފާރިތަކަށް އެންމެ އެކަށޭނެ މާލީ އެހީތެރިކަން ހޯދުމުގައި އެހީތެރިކަންފޯރުކޮށްދޭނެ ކަމަށްވެސް ޓިމް ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ބިޒްނަސް ސެންޓަރުތަކުގެ ތެރެއިން ފުރަތަމަ ސެންޓަރ މިއަހަރުގައި އައްޑޫސިޓީގައި ގާއިމުކޮށްފައިވާއިރު ޓިމް ވިދާލުވީ ކުރިޔަށް އޮތް ތަނުގައި އިތުރު ބިޒްނަސް ސެންޓަރުތަކެއް ހުޅުމާލޭއާއި ހދ .ކުޅުދުއްފުށީގައި ހުޅުވުމަށް ނިންމާފައިވާކަމަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކީ ގައުމުގެ އިގްތިސާދީ މައި އެއްތަނބު ކަން ފާހަގަކުރައްވައި ޓިމް ވިދާޅުވީ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަބަދުވެސް މިފަދަ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދޭކަމަށެވެ.

- ކޮމެންޓް