Advertisement
ކ. މާލެ
|
12 ނޮވެންބަރ 2019 | އަންގާރަ 22:05
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް
ގޫގުލް
ޖިންސީ ގޯނާގެ އަނިޔާ
ދަރުމަވަންތަ ހޮސްޕިޓަލުގައި އަންހެނަކާ މެދު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއް ބަލަނީ
މިހާދިސާ ހިނގީ އޮކްޓޫބަރު 09 ގައި
އަނިޔާ ލިބުނީ 19 އަހަރުގެ އަންހެނަކަށް
ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުން

ދަރުމަވަންތަ ހޮސްޕިޓަލުގެ ފިޒިއޮތެރަޕިސްޓަކު ޒުވާން އަންހެނަކާ މެދު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އޮކްޓޫބަރު މަހުގެ 09 ވަނަ ދުވަހު 6:00 ހާއިރު ފިޒިއޮތެރަޕީ ހަދަން ދިޔަ އަންހެނަކާ މެދު، ފިޒިއޮތެރަޕިސްޓު ބަދު އަހުލާގީ އަމަލު ހިންގަން އުޅުނުކަމުގެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެއީ 19 އަހަރުގެ އަންހެނެއްކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައިގެ ތުހުމަތު ކުރަނީ އުމުރުން 28 އަހަރުގެ އިންޑިޔާއަށް ނިސްބަތްވާ ފިޒިއޮތެރަޕިސްޓަކަށެވެ.

Advertisement

މިމައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވި ނަމަވެސް ސީރިއެސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މިދުވަސްވަރު ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވަމުން އަންނައިރު، މެދު ރާއްޖެތެރެއިން ރަށެއްގައި 15 އަހަރުން ދަށުގެ އަންހެން ކުއްޖަކާއި މެދު ގަދަ ކަމުން ބަދު އަހުލާގީ އަމަލު ހިންގި މައްސަލައެއް އޮކްޓޫބަރު 31 ވަނަ ދުވަހު 11:00 ހާއިރު ވަނީ ހުށަހަޅާފައެވެ. އަދި މިމައްސާލަގައި ބިނދޭސީއަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް