Advertisement
ކ. މާލެ
|
12 ނޮވެންބަރ 2019 | އަންގާރަ 14:08
ޖޭއެއްސީގެ ތަހުގީގަތް އެއްބާރުލުން ނުދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ދަނީ ތަކުރާރުކޮށް ވިދާޅުވަމުން
ޖޭއެއްސީގެ ތަހުގީގަތް އެއްބާރުލުން ނުދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ދަނީ ތަކުރާރުކޮށް ވިދާޅުވަމުން
މުހައްމަދު ޝަރުހާން
އުއްތަމަ ފަނޑިޔާރު
ރިޕޯޓާ ހަވާލުނުވީ ޖަވާބުދާރީވާން ޖެހޭ ގާނޫނީ އަސާސެއް ނެތީމަ: އުއްތަމަ ފަނޑިޔާރު
ރިޕޯޓު އަނބުރާ ޖޭއެެސްސީ އަށް ވަނީ ފޮނުވާފައި
ޖޭއެސްސީގެ ޢައިރު ދުސްތޫރީ އަށް ތަބާވުމަކީ ގާނޫނީ ކުލަ ޖެއްސުމަށް ''ވަގީއީ ހާލަތު'' ވުން ކަމަށް އެމަނކިފާނު ވިދާޅުވި
ނޯޓިސްއާ ހަވާލުވެވަޑައިގަތުމަށް ޑރ. ދީދީ ވަނީ އުޒުރުވެރިވެ ވަޑައިގެންފައި

ޖުޑީޝަލް ސަރވިސް ކޮމިޝަން ( ޖޭއެސްސީ) އިން ފޮނުވާފައިވާ ރިޕޯޓާއި ޙަވާލުވެވަޑައިނުގެންނެވީ ޖަވާބުދާރީ ވާންޖެހޭ ޤާނޫނީ ޢަސާސެއް ނެތުމުން ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. ޢަބްދުﷲ ދީދީ ޖޭއެސްސީ އަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

ބުރާސްފަތި ދުވަހު ޖޭއެސްސީން ވަނީ އުއްތަމަ ފަނޑިޔާރުގެ ސުލޫކިީ މައްސަލައެއް ބެލުމަށް ފަހު އެކަމުގެ ތަފްޞީލީ ރިޕޯޓު އެމަނިކުފާނަށް ފޮނުވާފައެވެ. އެހެން ނަމަވެސް ޑރ. ދީދީ ވަނީ އެ ރިޕޯޓާއި ޙަވާލުވާން އިންކާރު ކުރައްވައި ރިޕޯޓު އަނބުރާ ޖޭއެސްސީ އަށް ފޮނުވާފައެވެ.

ރާއްޖެ.އެމްވީ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުން އެ ރިޕޯޓާއި ޙަވާލުވެވަޑައިނުގެންނެވި ސަބަބެއް ކަމަށް އުއްތަމަ ފަނޑިޔާރު ޖޭއެސްސީ އަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވަނީ، އެއީ ޖަވާބުދާރީވާން ޖެހޭ ޤާނޫނީ އަސާސެއް ނެތީމަކަމަށެވެ. "އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނު ދަމަހައްޓައި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށާއި، އުއްތަމަ ފަނޑިޔާރުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ތެދުވެރި ކަމާއެކު ހުވާކޮށްގެން ހުންނެވި ހިނދު ޖޭއެސްސީގެ އައިއިރު ދުސްތޫރީ އަށް ތަބާވުމަކީ ޤާނޫނީ ކުލަ ޖެއްސުމަށް ''ވަގީއީ ހާލަތު'' އަކަށް ބާރު ދިނުމަށް ކަމަށް ވާތީ ކަމަށް" އުއްތަމަ ފަނޑިޔާރު ޖޭއެސްސީ އަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވާކަން ވަނީ އެނގިފައެވެ.

Advertisement

ޖޭއެސްސީން އެމަނިކުފާނުގެ މައްސަލަ ބައްލަވަން ފެށުމުން ތަކުރާރުކޮށް އުއްތަމަ ފަނޑިޔާރު ގެންދަވަނީ އެކަމާއި ދެކޮޅަށް އިންކާރު ކުރައްވައި، ތަހުޤީޤަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. އަދި ޖޭއެސްސީ އަށް އެފަދަ އެއްވެސް ތަހުޤީޤެއް ނުހިންގޭނެ ކަމަށް ވިދާޅުވެ އިންކާރު ކުރައްވަމުންނެވެ.

ޖޭއެސްސީގެ ތަހުޤީޤު ކޮމިޓީއަށް ހާޒިރުވުމަށް އުއްތަމަ ފަނޑިޔާރަށް ޙަވާލުކުރަންޖެހޭ ނޯޓިހެއް، ކޮމިޝަނުގެ މުވައްޒަފެއް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ގޮސް ޙަވާލުކުރުމަށް ހޯމަ ދުވަހު މަސައްކަތް ކުރެއްވުމުން އެމަނިކުފާނު ވަނީ އެ ނޯޓިސްއާ ޙަވަލުވެވަޑައިގަތުމަށް އުުޒުރުވެރި ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
12 ނޮވެންބަރ 2019 | އަންގާރަ 17:14
ޢެދުރު ހަސަން.
މިތިބަ ފަޑިޔާރުން އާސްމާނުން ހަމަބިމައް ތިރިވާނީ ކޮންދުވަހަކުން.