Advertisement
ކ. މާލެ
|
12 ނޮވެންބަރ 2019 | އަންގާރަ 13:07
މާލޭގެ މަގެއްގައި ޕާކްކޮށްފައިވާ ސައިކަލުތަކެއް- ޕާކިނގް ބިލްޑިންގ ހެދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން
މާލޭގެ މަގެއްގައި ޕާކްކޮށްފައިވާ ސައިކަލުތަކެއް- ޕާކިނގް ބިލްޑިންގ ހެދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން
ޝުއައިބް މުހައްމަދު އިގްބާލް
ޕާކިންގ މައްސަލަ
ސޯސަން މަގުގައި އަލަށް ހުޅުވި ޕާކިންގ ޒޯންގައި 200 އަށްވުރެ ގިނަ ސައިކަލު ޕާކް ކުރެވޭނެ: ސިޓީ ކައުންސިލް
އެ ޕާކިންގ ޒޯންގައި އެއްފަހަރާ 279 ސައިކަލް ޕާކް ކުރެވޭނެ
ޕާކިންގ ބިލްޑިންގތަކެއް ހެދުމުގެ މަޝްވަރާ ސަރުކާރުން ދަނީ ކުރަމުން
އަލަށް ހެދި ޕާކިންގ ޒޯން ހުރީ ސޯސަން މަގުގެ ކުރީގެ ނާސަރީ ހުރި ބިމުގައި

ސޯސަން މަގުގައި އަލަށް ހުޅުވި ޕާކިންގ ޒޯނުގައި 200 އަށްވުރެ ގިނަ ސައިކަލް ޕާކް ކުރެވޭނެ ކަމަށް މާލެ ސިޓީކައުންސިލުން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީކައުންސިލުގެ މެމްބަރު އަޙްމަދު ޒަމީރު ވިދާޅުވީ، ސޯސަން މަގުގައި، ކުރީގެ ނާސަރީ ހުރި ބިމުގައި ހުޅުވާފައިވާ ޕާކިންގ ޒޯނުގައި އެއްފަހަރާ 279 ސައިކަލު ޕާކް ކުރެވޭނެ ކަމަށާއި، ޢަމާޒަކީ ޕަބްލިކް ޓްރާންސްޕޯރޓް ހަރުދަނާވެގެންދާއިރު މަގުތަކުގެ ތޮއްޖެހުން ވީހާވެސް ކުޑަކުރުން ކަމަށެވެ. އެގޮތުން މި ޕާކިންގ ޒޯނުގެ ސަބަބުން މަޖީދީ މަގާއި ސޯސަންމަގު ހިމެނޭ ޞަރަޙައްދުގެ ޓްރެފިކަށް ލުޔެއް ލިބިގެންދާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ޒަމީރު އިތުރަށް ވިދާޅުވީ، މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ޕާކިންގ ބިލްޑިންގތަކެއް ހެދުމުގެ މަޝްވަރާ ސަރުކާރުން ކުރަމުންދާ ކަަމަށާއި، ކައުންސިލުގެ ވިސްނުމަކީވެސް ވީހާވެސް އަވަހަށް އެ މަސައްކަތް ނިންމުމަށް ކަމަަށެވެ. އެގޮތުން އެކަމާ ގުޅޭ އިދާރީ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލޭގެ އެކި ޞަރަޙައްދުތަކުގައި ޕާކިންގ ޒޯންތައް ތަރައްޤީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާއިރު، މިހާރުވެސް 9 ޞަރަޙައްދެއްގައި ޕާކިންގ ޒޯންތައް ތަރައްޤީ ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕަބްލިކް ޓްރާންސްޕޯރޓް އިތުރަށް ވަރުގަދަކޮށް މިނީބަސް ތަޢާރަފު ކުރެވިގެންދާއިރު މާލޭގެ ޓްރެފިކްގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް