Advertisement
ކ. މާލެ
|
12 ނޮވެންބަރ 2019 | އަންގާރަ 10:59
ގާޒީ އަލީ ރަޝީދު
ގާޒީ އަލީ ރަޝީދު
ސަން އޮންލައިން
ފުލުހުން
ގާޒީ އަލީ ރަޝީދުގެ ގެއަށް ކޯރާޑިއަކުން ގެއްލުން ދީފި
ފުލުހުން ބުނީ ދޮރަށް ގެއްލުންދީ ލިޔުމެއް ލިޔެފައިވާ މައްސަލަ ރޭ ފަތިހު ހުށަހަޅާފައިވާ ކަމަށް
ކްރިމިނަލް ކޯޓުގެ ހިންގުން ގާޒީ އަލީ ރަޝީދާއި ހަވާލުކުރީ އިސްގާޒީ ހައިލަމް ސަސްޕެންޑް ކުރުމާއި ގުޅިގެން

ކްރިމިނަލް ކޯޓު ހިންގެވުމާ ޙަވާލުވެހުންނެވި އަލްއުސްތާޛު ޢަލީ ރަޝީދު ދިރިއުޅުއްވާ ފްލެޓްގެ ބޭރު ދޮރަށް ކޯރާޑިއަކުން ގެއްލުންދީފި އެވެ.

Advertisement

ފުލުހުން ބުނީ ދޮރަށް ގެއްލުންދީ ލިޔުމެއް ލިޔެފައިވާ މައްސަލަ ރޭ ފަތިހު 5:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ދޮރަށް ގެއްލުން ދިނުމަށް ބޭނުންކުރި ހަތިޔާރުކަމަށް ބެލެވޭ ކޯރާޑި އެއް ދޮރު ކައިރިން ފެނިފައިވޭ
ފުލުހުން

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ފުލުހުން މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ކްރިމިނަލް ކޯޓުގެ ހިންގުން އެކޯޓުގެ ޤާޟީ ޢަލީ ރަޝީދާއި ޙަވާލުކުރީ އިސް ޤާޟީ ހައިލަމް ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ. ހައިލަމް ސަސްޕެންޑްކުރީ ނަޞްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ވައިބަރ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައިވާ ކުރެހުމެއްގެ މައްސަލައިގަ އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ގަން ހިންގުވާ މަންޒަރު އެ ކުރެހުމުން ފެނެއެވެ. އެ މެސެޖްގެ ސްކްރީން ޝޮޓް ސޯޝަލް މީޑިޔާގައި ޢާންމުވުމާއެކު ގިނަ ބަޔެއްގެ ފާޑުކިޔުންތައް ހައިލަމަށް ޢަމާޒުވިއެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

އެއީ، އޮޅިގެން ފޮނުވުނު ކުރެހުމެއް ކަމަށް ވިދާޅުވެ، މަޢާފަށް އެދިވަޑައިގަތުމަށް ފަހު އޭނާ ވަނީ ޔާމީނަށް ޖަލު ޙުކުމެއް އިއްވަން ސަރުކާރުގެ އިސް ބޭފުޅުން އޭނާ އަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ކުރައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް