Advertisement
ކ. މާލެ
|
12 ނޮވެންބަރ 2019 | އަންގާރަ 08:28
މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، އޮސްޓްރޭލިޔާގެ މިނިސްޓަރ ފޮރ ޑިފެންސް ލިންޑާ ރެނޯލްޑްސް
މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، އޮސްޓްރޭލިޔާގެ މިނިސްޓަރ ފޮރ ޑިފެންސް ލިންޑާ ރެނޯލްޑްސް
މިނިސްޓްރީ އޮފް ޑިފެންސް
މިނިސްޓްރީ އޮފް ޑިފެންސް
ޑިފެންސް މިނިސްޓަރ މާރިޔާ އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
ދެ ބޭފުޅުން ބައްދަލު ކުރެއްވީ އޮސްޓްރޭލިޔާގެ ވެރިރަށް ކެންބެރާގަ

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، އޮސްޓްރޭލިޔާގެ މިނިސްޓަރ ފޮރ ޑިފެންސް ލިންޑާ ރެނޯލްޑްސާ ބައްދަލުކުރައްވައިފިއެވެ.

ދެ ބޭފުޅުން ބައްދަލު ކުރެއްވީ އޮސްޓްރޭލިޔާގެ ވެރިރަށް ކެންބެރާގައެވެ.

Advertisement

މި ބައްދަލުވުމުގައި، ދެޤައުމުގެ ދިފާޢީ ވަޒީރުންވަނީ، އޮސްޓްރޭލިޔާ އާއި ދިވެހިރާއްޖެ ހިމެނޭ އިންޑޯޕެސިފިކް ސަރަޙައްދަކީ ރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި ބޭއްވުމާ މެދު މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ދެޤައުމުގެ ދިފާޢީ ގުޅުން އިތުރަށް ފުޅާކޮށް، ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މިނިސްޓަރ މާރިޔާ ވަނީ އޮސްޓްރޭލިޔާގެ މެލްބަންގައި މިމަހުގެ 6 އިން 8 އަށް ކުރިއަށްގެންދިޔަ މިނިސްޓީރިއަލް ކޮންފެރެންސް އޮން ކައުންޓަރ ޓެރަރިޒަމް ފައިނޭންސިންގ" ގައި ތަޤްރީރުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް