Advertisement
ކ. މާލެ
|
16 މާރޗް 2017 | ބުރާސްފަތި 01:47
އެޗް1އެން1 ހަލުއިކަމާއިއެކު ފެތުރެމުންދާކަމަށް ސިއްހީ އިދާރާތަކުން ބުނޭ
އެޗް1އެން1 ހަލުއިކަމާއިއެކު ފެތުރެމުންދާކަމަށް ސިއްހީ އިދާރާތަކުން ބުނޭ
މުހައްމަދު ޝަރުހާން
އެޗްވަންއެންވަން
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
ހާލު ސީރިއަސް މާބަނޑު މީހެއްގެ ސިޒޭރިއަން ހަދައި ދަރިފުޅު ވަނީ ނަގައިފަ
ޝައްކުކުރެވޭ 279 މީހަކު މިހާތަނަށް ވަނީ އެޗްވަންއެންވަން އަށް ޓެސްޓުކޮށްފައި

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބައްޔަށް ޝައްކުކުރެވޭ 279 މީހަކު ވަނީ އެޗްވަންއެންވަން އަށް ޓެސްޓުކޮށްފައެވެ. މީގެ ތެރެއިން 82 މީހަކު އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާކަމަށް އެ އެތޯރިޓީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކައެެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ހުން އަދި އަރިދަފުސްރޯގާ އާއި އެޗްވަންއެންވަން އަށް ފަރުވާ ހޯދުމަށް ހާއްސަ ފްލޫ ކްލިނިކްތަކެއް ވަނީ ގާއިމްކޮށްފައިވާއިރު، މި ރޯގާ ހަލުއިކަމާއިއެކު، މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ދަނީ ފެންނަމުންނެވެ.

ރޯގާ އާއި ގުޅިގެން އެކުލަވާލާފައިވާ ޓާސްކު ފޯހުން ބުދަދުވަހު ބުނެފައިވަނީ، އެޗްވަންއެންވަން އަށް ޕޮޒިޓިވް ވާ ބަލިމީހުންގެ އަދަދު އަދިވެސް އިތުރުވާނެކަމަށެވެ.

އެޗްޕީއޭއިން ރޯގާގޭ ހާލަތާއި ގުޅޭގޮތުން ބުދަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަލި ކޮންޓްރޯލްކުރުމަށް ހެލްތުމިނިސްޓްރީން ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަމަށެވެ.

ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން މާލޭގެ އިތުރުން ވިލިމާލޭއާއި އަތޮޅު ތެރޭގައިވެސް ފްލޫ ކުލިނިކްތައް ގާއިމް ކުރުމަށް ނިންމާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިބަލީގައި ރާއްޖެއިން މިހާތަނަށް އެކަކު މަރުވެފައިވާއިރު ހާލު ސީރިއަސް މާބަނޑު މީހެއްގެ ސިޒޭރިއަން ހަދައި ދަރިފުޅު ވަނީ ނަގައިފައެވެ. އަންހެން މީހާ އާއި ދަރިފުޅުގެ ހާލުވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އައިޖީއެމްއެޗްގައި ހާލު ސީރިއަސް ހަތަރު މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު، އެތަނުން ދެމީހަކު އެޗްވަންއެންވަން ވަނީ ޕޮޒިޓިވް ވެފައިކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެއިތުރުން އޭޑީކޭގައި ކުޑަދެކުއްޖަކު އެޑްމިޓްކޮށް ފަރުވާދެމުންއަންނައިރު އެ ދެކުދިންގެ ޓެސްޓްތައް ނެގެޓިވްކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރޯގާ އަށް ފަރުވާދިނުމަށް އައިޖީއެމްއެޗްގެ ހާއްސަ ފްލޫ ކްލިނިކެއް ތާޖުއްދީން ސްކޫލުގައި ހުޅުވާފައިވާއިރު އޭޑީކޭގެ ފްލޫ ކްލިނިކް ގާއިމްކޮށްފައިވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ސައިންސް ހިންގާ އިމާރާތުގައެވެ. މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލޭގެ އިތުރުން ސެނެހިޔާ އިންވެސް ވަނީ ހާއްސަ ފްލޫ ކްލިނިކްތައް ގާއިމްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
15 މާރޗް 2017 | ބުދަ 22:18
ފަރޭ
އެޗް.ޕީ.އޭގެ މިކަމުގެ ޒިންމާވާންޖެހޭ! ކުދިންގެ ކިޔެވުން، ޗުއްޓީ ދުވަސްތައް، މާބަނޑު މީހުން ބިރުވެރިި ހާލަތުގައި އަދި ގެއްލުނު ފުރާނަތައް! ފުލޫ ކްލިނިކް ހުޅުވަން ވާނީ ބަލި ނުރައްކާތެރި ހާލަތައް ފެތުރެން ފެށުމުގެ ކުރިން. މިހާރު ހުޅުވަންވާނީ ކަރަންޓީން ކްލިނިކް. މިހާރު ފްލޫ ކުލިނިކަށް ގޮސް ތިބޭ ބެލެނިވެރިން ގެޔަށް ދަނީ ގޭގައި ތިބި ކުދިންނަށް ވައިރަސް ހިފައިގެން! އެތަން ތަނުގައި ކޮންޓްރޯލެއް ނެތް ބަލި ފަތުރާ ހާއްޔަކަށް !ވެގެން ގޮސްފި ރޯގާ ކްލިނިކްތައް!