Advertisement
ކ. މާލެ
|
11 ނޮވެންބަރ 2019 | ހޯމަ 17:18
އެމްއެންޑީއެފް ބެލުމުގެ ދަށަށް ގެނައި ދެ ބޯޓު
އެމްއެންޑީއެފް ބެލުމުގެ ދަށަށް ގެނައި ދެ ބޯޓު
އެމްއެންޑީއެފް
އެމްއެންޑީއެފް
ބޭރުގެ ދެ ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ބެލުމުގެ ދަށަށް ގެނެސްފި
އެއް ބޯޓުގައި 10 މީހުން އަދި ދެވަނަ ބޯޓުގައި 9 މީހުން ތިބި
އެއް ބޯޓު ފެނިފައިވަނީ، ހއ. އިންނަފިނޮޅާ 19 މޭލު ބޭރުން
ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން

ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ވަދެއުޅުނު، މަސްވެރިކަން ކުރާ ވައްތަރުގެ ބޭރުގެ ދެ ބޯޓެއް ހއ. އިންނަފިނޮޅު ކައިރިން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ދެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅުނު ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ދީފައިވަނީ، އެ ސަރަޙައްދުގައި މަސްވެރިކަން ކުރަން އުޅުނު ރާއްޖޭގެ އުޅަނދަކުން މިމަހުގެ 10 ވަނަ ދުވަހުގެރޭ 19:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި، މި ދެ ބޯޓު ސިފައިންގެ ބެލުމުގެ ދަށަށް ގެނައީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓް ކްރާފްޓް "ފާމުލަދޭރީ" ގެ ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

Advertisement

ސިފައިން ހިންގި އޮޕަރޭޝަނުގައި، މީގެ ތެރެއިން އެއް ބޯޓު ފެނުނީ، ހއ. އިންނަފިނޮޅާ 19 މޭލު ބޭރުން ކަމަށާއި ދެވަނަ ބޯޓު ފެނިފައިވަނީ ހއ. އިންނަފިނޮޅާއި 29 މޭލު ބޭރުންކަމަށް އެފަރާތްތަކުން މަޢުލޫމާތު ދެއެވެ. އިންޑިއާގެ ދިދަ ނަގާފައިވާ މި ދެ ބޯޓުގައި ޖުމުލަ 19 މީހުން ތިބިއިރު، އެއް ބޯޓުގައި 10 މީހުން އަދި ދެވަނަ ބޯޓުގައި 9 މީހުން ތިބިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި ދެ ބޯޓު ސިފައިންގެ ބެލުމުގެ ދަށުން ހޯމަ ދުވަހުގެ 13:13 ހާއިރު، ހއ. އުލިގަމު ކައިރީ ބަނދަރުކޮށްފައިވާއިރު މި ޙާދިސާ، ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކާ ގުޅިގެން އިތުރަށް ދަނީ ތަހުޤީޤު ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް