Advertisement
ކ. މާލެ
|
11 ނޮވެންބަރ 2019 | ހޯމަ 17:49
އަލިފާން ރޯވި ލޯންޗް
އަލިފާން ރޯވި ލޯންޗް
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
އެމްޓީސީސީ ފެރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެ!
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ

އެމްޓީސީސީ ފެރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެމްއެންޑީއެފުން ހަރަކާތްތެރުވެއްޖެއެވެ.

Advertisement

މިކަމާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ބުނެފައިވަނީ، އެމްޓީސީސީ "ޔުނިޔާ" ނަމަކަށް ކިޔާ ފެރީއެއްގެ ޖެނެރޭޓަރ ރޫމްގައި އަލިފާން ރޯވިކަމުގެ ރިޕޯޓު އެމްއެންޑީއެފް ނޮދަން އޭރިއާއަށް ލިބިފައިވަނީ ހޯމަ ދުވަހުގެ މެންދުރު 13:20 ހާއިރު ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ. ހާދިސާގެ މައުލޫމާތު ލިބުނު ގޮތަށް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަން އިން ވަނީ ފެރީ ބަނދަރުކޮށްފައި އޮތް ސަރަހައްދުގައި ހަރަކާތްތެރިވެ، ރޯވި އަލިފާންގަނޑު ނިއްވާލާފައެވެ.

ފެރީގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައި

އެ މައްސަލަ ކަމާބެހޭ އިދާރާތަކުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް