Advertisement
ކ. މާލެ
|
11 ނޮވެންބަރ 2019 | ހޯމަ 12:47
ފުވައްމުލަކު ސިޓީ
ފުވައްމުލަކު ސިޓީ
ސޯޝަލް މީޑިއާ
ފަތުރުވެރިއަކު މަރުވުން
ފުވައްމުލަކުގައި ޑައިވިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ
މަރުވީ ޗައިނާ ފަތުރުވެރިއެއް
އޭނާގެ އުމުރަކީ 25 އަހަރު
އެ މީހާ މަރުވީ ޑައިވް ނިންމާފައި ދޯންޏަށް އެރިފަހުން

ފުވައްމުލަކު ސިޓީގައި ޑައިވިން އަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ޑައިވިންއަށް ގޮސް އުޅުނު 25 އަހަރުގެ ފިރިހެން ފަތުރުވެރިއަކު މަރުވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މަޢުލޫމާތު ހޯމަ ދުވަހުގެ ހެނދުނު 10:04 އެހައި ކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާގެ އެމީހާ މަރުވެފައިވަނީ ޑައިވިންއަށް ގޮސް އުޅުމަށްފަހު ދޯންޏަށް އެރިފަހުން ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް