Advertisement
ކ. މާލެ
|
11 ނޮވެންބަރ 2019 | ހޯމަ 08:26
ގާނޫނު އަސާސީ ނަގައި ދެމެހެއްޓުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި
ގާނޫނު އަސާސީ ނަގައި ދެމެހެއްޓުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި
ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޤާނޫނު އަސާސީ އަށް ވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ
ޚިދުމަތްތައް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކޮށްގެން ނުވާނެ ކަމަށް ވިދާޅުވި
ކޯލިޝަންގެ ހަތަރު ލީޑަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރެއްވި
ޤާނޫނު ޢަސާސީން ނުދޭ ބާރެއް އެއްވެސް ބަޔަކަށް ލިބިފައި ނޯންނާނެ

ދައުލަތުގެ ދެ ބާރުން ވެސް ޤާނޫނު ޢަސާސީ އަށް ބޯލަނބަން ޖެހޭ ކަމަށާއި، އެއްވެސް ފަރާތަކަށް ޤާނޫނު އަސާސީ އަށް ވުރެ މަތީގައި ނުހުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ސަރުކާރުން މަޝްރޫޢުތައް ހިންގުމާއި، ޚިދުމަތްތައް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކޮށް، އެއްވެސް ބަޔަކު ބާކީކޮށްގެން ނުވާނެ ކަަމަށެވެ. ސަރުކާރު ދެމި އޮންނާނީ، އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއްނެތި، ހުރިހާ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ އަރުއްވާފައެވެ.

ސަރުކާރު ހިންގުމުގައި ކޯލިޝަންގެ ހަތަރު ލީޑަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވަނީ އެ ލީޑަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުން ޤާނޫނުތައް ހަދަންވާނީ، ރައްޔިތުންގެ ޢަސާސީ ޙައްޤުތައް ޙިމާޔަތްކުރެވި، ރައްޔިތުންގެ އެންމެ މަތީ މަސްލަޙަތު ރައްކާތެރި ކުރެވޭނެ ގޮތަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ފަނޑިޔާރުގޭގެ މަޤްޞަދަކަށް ވާންވާނީ، ޢަދުލުވެރިކަމާއެކު ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ހޯދައިދިނުން ކަމަށެވެ.

އެއަށް ފަހު ޤާނޫނޫ ޢަސާސީގެ އަށްވަނަ މާއްދާޔަށް ރިޢާޔަތް ކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ދިވެހި ދިދައިގެ ދަށުގައި އުޅޭ އެއްވެސް ބަޔަކަށް ޤާނޫނު ޢަސާސީން ނުދޭ ބާރެއް ލިބިފައި ނޯންނާނެ ކަމަށެވެ.

އެއީ އަޅުގަނޑު ކަމަށްވިޔަސް ދައުލަތުގެ ދެ ބާރު ކަމަށް ވިޔަސް ގާނޫނު އަސާސީ އަށް ވުރެ މަތީގައި ނުހުރެވޭނެ. އަދި ގާނޫނު އަސާސީ އަށް ބޯލަނބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޮއްނާނެ.
އިބްރާހިމް މުހައްމަދު ސޯލިހި ~ ރައީސުލްޖުމްހޫރިއްޔާ~

ދައުލަތުގެ އެންމެ މަތީ ބާރުގެ ވެރިޔާ ވިދާޅުވީ، ޤާނޫނު އަސާސީ ނަގައި ދެމެހެއްޓުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. ރައްޔިތުންނަށް ވީ ވަޢުދުތަކުގެ ތެރެއިން، މި އަހަރު އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާނީ، މުޖްތަމަޢުގެ ހަމަޖެހުމާއި އަމާންކަން ކަށަވަރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
11 ނޮވެންބަރ 2019 | ހޯމަ 13:19
ސީދާ
މަނިކުފާނު ތިޔަ ވިދާޅުވީ ވަރަށްވެސް ބޮޑު ތެދު ފުޅެއް! ކޮންމެ ރައްޔިތެއްގެވެސް ޙައްޤުތަކެއް ވޭ ! އެހެންނަމަވެސް ބައެއް ފަރާތްތަކުން ކުރާކަމަކީ ވަކިބައެއްގެ ޙައްޤުތަކުން މަޙްރޫމްކޮށް އެފަރާތްތައް އެކަހަރަކޮށް ތިމާމެންގެ ބާރުތައް އެމީހުންގެ ޙައްޤުތަކަށް ފޯރުވައިގަނެ އެފަރާތްތައް މާޔޫސްކޮށް ޢުމުރަށް ބިކަކޮށްލަނީ ! މަނިކުފާނުގެ ޒަޢާމަތުގައި މިފަދަ ވިހަ ނުފޫޒުތައް ފަރުދީ ޙައްޤުތަކަށް ނުފޯރާނެގޮތަކަށް ޤައުމު ގެ ކަންކަން ބައްޓަން ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރަން!