Advertisement
ކ. މާލެ
|
10 ނޮވެންބަރ 2019 | އާދީއްތަ 16:59
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު
ރައީސް އޮފީސް
އިބްރާހިމް ހޫދު
ސަރުކާރުން އެެއްވެސް ގާޒީއަކަށް ނުފޫޒެއް ނުފޯރުވާނެ: ހޫދު
ގާޒީ ރަޝީދުވެސް ވަނީ ހައިލަމްގެ ވާހަކަތައް ދޮގުކުރައްވާފައި
ރައީސް ޔާމީނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަށަވަރު ކޮށްދިނުމަށް އެދުނު ކަމަށް ތުހުމަތު ކުރެވޭ

ސަރުކާރުން ޝަރުއީ ދާއިރާގެ އެެއްވެސް ގާޒީއަކަށް ނުފޫޒެއް ނުފޯރުވާނެ ކަަމަށް ބުނެ، ސަސްޕެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ދެއްކި ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީލޯންޑްރިންގެ މައްސަލަ ބައްލަވަމުން ގެންދެވި ހައިލަމް ވަނީ ސަރުކާރުގެ އިސް ފަރާތްތަކުން ރައީސް ޔާމިނަށް ޖަލު ހުކުމެއް ކަށަވަރު ކޮށް ދިނުމުގެ ޔަގީންކަން ދެއްވުމަށް ނުފޫޒު ފޯރުވާ ކަމަށް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައެވެ.

ގާޒީ ހައިލަމްގެ ތުހުމަތުތަކާއި ގުޅިގެން ސަރުކާރުގެ ބަހެއް ހޯދާލުމަށް ރާއްޖެ.އެމްވީން ގުޅާލުމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، ސަރުކާރުން އެއްވެސް އިރެއްގައި ޝަރުއީ ދާއިރާ އަށް އަތްފޯރުވާފައި ނުވާނެ ކަމަށެވެ. އަދި ހައިލަމް ދައްކަވަމުންގެންދަވާ ވާހަކަތަކުގައި މާ ބޮޑު އޮއްޓަރެއް ނެތް ކަމަށް ހޫދު ވިދާޅުވިއެވެ.

Advertisement

ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެފައިވާއިރު، ނުފޫޒު ފޯރުވިކަން ކްރިމިނަލް ކޯޓު މިހާރު ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު އަށް އެނގިވަޑައިގަންނަވާނެ ކަަމަށް ހައިލަމް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ހައިލަމް ހައްދަަވަނީ އިތުރުފުޅެއް ކަމަށް ގާޒީ ރަޝީދު ވަނީ ވިދާޅުވެފައެވެ.

ގާޒީ ހައިލަމް އަކީ ރައީސް ޔާމީންގެ ސަރުކާރުގައި އޭރުގެ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ހުކުމް ނެރުއްވަމުން ގެންދަވާ ބޭފުޅުން ކަމަށް އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ދިޔައީ ބުނަމުންނެވެ. ހައިލަމްގެ މައްސަލަ ފެންމަތިވެގެން މިއުޅެނީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ކިޔުއްވަމުން ޝެއަރ ކުރެއްވި ފޮޓޯއަކާއި ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް