Advertisement
ކ. މާލެ
|
10 ނޮވެންބަރ 2019 | އާދީއްތަ 11:44
ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ޕޮލިސް
ފުލުހުން
މިދިޔަ ހަފުތާގައި އޭގެ ކުރީ ހަފުތާއަށްވުރެ އިތުރަށް 196 އުޅަނދުގައި ސްޓިކާ ޖެހި
މިދިޔަ ހަފްތާ ސްޓިކާ ޖަހާފައިވަނީ 753 އުޅަނދެއްގައި
އޭގެ ކުރީ ހަފްތާ ސްޓިކާ ޖަހާފައިވަނީ 557 އުޅަނދެއްގައި

މާލޭގައި، މިދިޔަ ހަފުތާގައި އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު ސްޓިކާ ޖެހި އުޅަނދުގެ ޢަދަދު އިތުރުވެފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކޮންމެ ހަފުތާއަކު ފުލުހުން ނެރޭ ތަފާސް ހިސާބުތަކަށް ބަލާލާއިރު، ފާއިތުވި ހަފުތާގައި ފުލުހުން ޤަވާއިދާއި ޚިލާފަށް ޕާކުކޮށްގެން ސްޓިކަރ ޖަހާފައިވަނީ 753 އުޅަނދެއްގަ އެވެ. އޭގެކުރީ ހަފުތާގައި ސްޓިކަރ ޖަހާފައިވަނީ 557 އުޅަނދެއްގައެވެ. މިއީ 196 އުޅަނދުގެ އިތުރުވުމެކެވެ.

ޤަވާއިދާ ޚިލާފަށް ޕާކު ކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250 ރުފިޔާއިންނެވެ. އެކަން ތަކުރާރު ކޮށްފިނަމަ ދެވަނަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާކުރެއެވެ. އަދި ތިން ވަނަ ފަހަރު 750 ރުފިޔާއިން އިން ޖޫރިމަނާކުރެއެވެ.

Advertisement

ފުލުހުން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި ހަފުތާގައި ފުލުހުން ޗެކްކޮށްފައިވަނީ 689 އުޅަނދެކެވެ. އަދި 30 އުޅަނދެއް ޓޯވ ކޮށްފައިވެއެވެ. މިދިޔަ ހަފުތާގައި މާލޭގައި 38 އެކްސިޑެންޓް ހިނގާފައިވާއިރު، މިއެކްސިޑެންޓްތަކުގައި 14 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އޭގެކުރީ ހަފުތާގައި މާލޭގައި ހިނގާފައިވަނީ 56 އެކްސިޑެންޓެވެ.

ފާއިތުވި ހަފުތާގައި ލައިސަންސް ކާޑު ނުލާ 44 މީހަކު އުޅަނދު ދުއްވައިގެން ހިފަހައްޓާފައިވެ އެވެ. އަދި ލައިސަންސް ނެތް 77 މީހަކު އުޅަނދު ދުއްވަނިކޮށް ވަނީ ހިފަހައްޓާފަ އެވެ.

ފާއިތުވި ހަފުތާގައި 17 މީހަކު ހެލްމެޓް ނާޅާ ދުއްވައިގެން ނަޞޭހަތްދީފައިވެ އެވެ. އަދި ތިން މީހަކު ޤަވާއިދާއި ޚިލާފަށް ޓެކްސީކޮށްގެން ނަޞޭހަތްދީފައިވެ އެވެ. މީގެއިތުރުން ހެޑް ސެޓް ޖަހައިގެން އުޅަނދު ދުއްވުމާއި ޓްރެފިކްގެ ޤަވާއިދާއި ޚިލާފުވުމުގެ މައްސަލަތައްވެސް މިދިޔަ ހަފުތާގައި ފާހަގަކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް