Advertisement
ކ. މާލެ
|
9 ނޮވެންބަރ 2019 | ހޮނިހިރު 15:54
މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
ޓްވިޓަރ
މާރުކޭޓް
މާރުކޭޓުގެ ގޮޅިތަކުގެ އަދަދު އަދިވެސް މާލެ ސިޓީ ކައުންސިލްއަށް ކަނޑަނޭޅޭ: ސަމާއު
އަންގާރަ ދުވަހު ބައްދަލުވުމެއް ބާއްވާ، ގޮތެއް ނިންމާނެ
ބޭނުންވަނީ އޮތް ޑިމާންޑް އާއި އެއްވަރަށް ގޮޅިތަކުގެ އަދަދު ކަނޑައެޅުމަށް

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ އަދަދު އަދިވެސް ކައުންސިލްއަށް ކަނޑަނޭޅޭ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފް ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓު ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ނަމަވެސް މާރުކޭޓްގެ ގޮޅިތަކުގެ އަދަދު އަދިވެސް ކަނޑަނޭޅޭ ކަމަށެވެ. ޝަމާއު ވިދާޅުވީ މާރުކޭޓުގެ މައްސަލާގައި މިހަފްތާ އަންގާރަ ދުވަހު ކައުންސިލް ބައްދަލުވުމެއް ބާއްވާނެ ކަމަށާއި، މިބައްދަލުވުމުގައި ވަކި ގޮތަކަށް ނިންމޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މިދިޔަ އޯގަސްޓް މަހުގެ 31 ގެ ނިޔަލަށް މާރުކޭޓުގެ ގޮޅިތައް ހުސްކުރަން އަންގާ މާރުކޭޓް މަރާމާތަށް ބަންދުކުރިއިރު 160 އަށްވުރެ ގިނަ ގޮޅި އެތާގައި ހުއްޓެވެ. ސިޓީ ކައުންސިލްގެ މާރުކޭޓް ކޮމެޓީން ފުރަތަމަ ނިންމީ މިހާރު ހުރި ގޮޅިތައް ބޮޑުކޮށް ގޮޅިތަކުގެ އަދަދު 63 އަށް މަދުކުރުމަށެވެ. ނަމަވެސް ބައެއް ކައުންސިލަރުން ގޮޅިތަކުގެ އަދަދު މަދުކުރުމާމެދު ދަނީ ދެކޮޅު ހަދަމުންނެވެ.

Advertisement

ދަތުރުވެރިންގެ މާރުކޭޓާ ބެހޭގޮތުން މީގެކުރިން މާލޭގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ މާރުކޭޓް ގޮޅިތަކަށް ގިނަ ބައެއްގެ ޑިމާންޑް އޮތް ކަމަށާއި، ބޭނުންވަނީ ގިނަ ބަޔަކަށް ގޮޅިތައް ދިނުން ކަމަށެވެ. އަދި އެއީ ސަރުކާރުގެ ސިޔާސަތު ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

ދަތުރުވެރިންގެ މާރުކޭޓް ބަންދުކޮށް މަރާމާތަށްފަހު ހުޅުވުމަށް 45 ދުވަހުގެ މުހުލަތެއް ދީފައިވާއިރު، އެ ދީފައިވާ މުއްދަތުގެ ތެރޭގައި ތަން ނިންމާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާރުކޭޓު ޚާއްޞަކޮށްފައިވަނީ ދިވެހިން އުފެއްދުންތައް ވިއްކަންކަންކަމުގައިވީނަމަވެސް މާރުކޭޓު އަލުން ހުޅުވާއިރު އިމްޕޯޓް މުދާ ވިއްކަން ބޭނުންވާނަމަ އެތަކެތި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީކޮށްގެން ވިޔަފާރި ކުރެވޭނެކަމަށް ސިޓީ ކައުންސިލުން ވަނީ މީގެކުރިން ބުނެފައެވެ. އަދި އަލުން ގޮޅިތައް ހުޅުވާއިރު ބިދޭސީން ގެންގުޅެވޭނީ އެ ގޮޅިއެއްގެ ވެރިފަރާތުގެ ނަން މައްޗަށް އެ ބިދޭސީ މީހާ ރަޖިސްޓްކުރެވިގެން އެކަނި ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް