Advertisement
ކ. މާލެ
|
8 ނޮވެންބަރ 2019 | ހުކުރު 13:45
އިސްލާމީ މަރުކަޒު
އިސްލާމީ މަރުކަޒު
މޯލްޑިވްސް އިންޑިޕެންޑެންޓް
ޚުތުބާ
ބުއްދިވެރިކަމާއެކު ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދިއަކީ ވަބާއެއް: ޚުތުބާ
ބުއްދިއަކީ އިންސާނާގެ ފާރަވެރިޔާ
ބުއްދުވެރިކަން ލިބިގެންވާ މީހާގެ އެތައް ކަމެއް ފުރިހަމަވެގެންވޭ
ބުއްދިއަކީ ކަރާމަތާއި އަބުރާއި ޝަރަފުގެ ތަޅުދަނޑި

ބުއްދިވެރިކަމާ އެކީ ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދި އަކީ އެމީހާގެ މައްޗަށް ހުރި ވަބާއެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ބުއްދީގެ ނިއުމަތް'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚިތުބާގައި ބުނީ ބުއްދިއަކީ އިންސާނާގެ ފާރަވެރިޔާ ކަމަށާއި، އޭނާގެ ކަރާމަތާއި އަބުރާއި ޝަރަފުގެ ތަޅުދަނޑި ކަމަށެވެ. ބުއްދިއަކީ ރިޒުގު ދެއްވާފަދައިން އެކިވަރުވަރަށް އެކި އިންސާނުންނަށް ﷲ ދެއްވާފައިވާ މަތިވެރި ނިއުމަތެއް ކަމަށެވެ.

Advertisement

ޚުތުބާގައި ބުނީ ބުއްދިވެރިކަން ލިބިގެންވާ މީހާގެ އެތައް ކަމެއް ފުރިހަމަވެގެންވާ ކަމަށާއި، ބުއްދިވެރިކަން ނެތް މީހާއާއި ބުއްދީގެ ބޭނުން ނުހިފާ މީހާގެ އެތައް ކަމެއް އުނިވާ ކަމަށެވެ.

ޚުތުބާގައި ބުނީ ބުއްދިވެރިކަމާ ނުލައި ދީންވެރިކަމެއް ނެތް ކަމަށާއި، ދީންވެރިކަމާ ނުލާ ލަދުވެތިކަމެއް ނެތް ކަމަށެވެ. މިއީ އިންސާނާގެ ދުނިޔެ އާއި އާހިރަތް ބާއްޖަވެރިކޮށްދޭ މާތް ސިފަތައް ކަމަށާއި، ބުއްދިވެރިކަމާ އެކީ ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދި އަކީ އެމީހާގެ މައްޗަށް ހުރި ވަބާއެއް ކަމަށް ޚުތުބާގައި ބުންޏެވެ.

ހަމަކަށަވަރުން، ދިރޭތަކެތީގެ ތެރެއިން ﷲގެ ހަސްރަތުގައި އެންމެ ނުބައިކަން ބޮޑު ބަޔަކީ ބީރު މަންމަނުންނެވެ. އެއުރެންނަކީ ނުވިސްނާބަޔެއެކެވެ.'' (އެބަހީ: ހައްގު ބަސް ނުބުނާ އޭގެ އަޑު ނާހާ، ހައްގާއި ބާތިލް ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނެވެ.)
މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިވޭ

ޚުތުބާގައި ބުނީ ބުއްދިވެރި އިންސާނާ ތިން ކަމަކަށް ވަގުތު ހުސްކުރާނެ ކަމަށެވެ. އެއީ އަމިއްލައަށް އޭނާގެ އަމަލުތައް މުރާޖައާކޮށް ނަފްސްގެ ހިސާބު ބެލުމަށް ހޭދަކުރާ ވަގުތާއި، އޭނާގެ ވެރި ރަސްކަލާނގެއަށް އިސްތިއުފާރުކޮށް މުނާޖާ ދެންނެވުމަށް ހޭދަ ކުރާ ވަގުތާއި އަދި އޭނާގެ ނަފްސު ހުރި އުނި ސިފަތައް ހޯދައި ބެލުމަށް އޭނާގެ އަހުންނާއި އެކު ހޭދަކުރާ ވަގުތު ކަމަށެވެ. މިކަންކަމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރި ކަމަށް އިންސާނާއަށް މަގު ދައްކައިދޭނޭ ކަންކަން ކަމަށް ޚުތުބާގައި ބުންޏެވެ.

ކީރިތި ގުރުއާނުގެ އެތައް އާޔަތްތަކެއްގައްޔާއި މާތް ނަބިއްޔާ މުހައްމަދުގެފާނުގެ ސުންނަތުގައި ބުއްދީގެ މުހިއްމުކަން ބަޔާން ކުރައްވައިފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ ހެޔޮގޮތުގައި ބުއްދީގެ ބޭނުން ހިފާ މީހުންނަށް ތައުރީފް ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އިސްލާމް ދީނުގައި ހުރި ބައެއް ކަންކަމަކީ ހަމައެކަނި އިންސާނާގެ ބުއްދީގެ ބޭނުންކޮށްގެން ނުވަތަ މިޒަމާނުގެ ސައިންސްގެ އަލީގައި އޭގެ ތެދު ދޮގު ކަށަވަރު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ﷲ ތައާލާ އެކަނލާގެ ނަބީންނާއި ރަސޫލުންނަށް ދެއްވި ބައެއް މުއުޖިޒާތަކީ މި މާއްދީ ދުނިޔޭގައި ﷲ ލައްވާފައިވާ ގުދުރަތީ އާދަ ފޫވައްޓާލަނިވި ކަންކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ޝަރީއަތުގެ ބައެއް ހުކުމްފުޅުތަކަކީ ވެސް ހަމައެކަނި ބުއްދިއަށް ބަރޯސާވެގެން އެނގޭނެ ކަންކަމެއް ނޫން ކަމަށާއި، ކީރިތި ގުރުއާނާ ރަސޫލާގެ ސުންނަތުގައި އައިސްފައިވާ ބައެއް ކަންކަމަކީ ބުއްދިއަށް ނުވިސްނުނު ނަމަވެސް އެގޮތަށް ގަބޫލުކޮށް އަމަލުކުރަންޖެހޭ ކަންކަމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް