ކ. މާލެ
|
8 ނޮވެންބަރ 2019 | ހުކުރު 12:03
ހޮންކޮންގް ގެ ދަރިވަރުންތަކެއް
ހޮންކޮންގް ގެ ދަރިވަރުންތަކެއް
އަލްޖަޒީރާ
ހޮންކޮންގް
މުޒާހަރާގައި ބައިވެރިވި ދަރިވަރެއް މަރުވެއްޖެ
އޭނާ ވެއްޓިފައި އޮއްވާ ފެނިފައިވަނީ ޕާކެއްގެ ތެރޭގައި

ހޮންކޮންގް ޔުނިވާރސިޓީގެ ދަރިވަރެއް މުޒާހަރާގެ ތެރޭގައި ވެއްޓި، މަރުވެއްޖެއެވެ. އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާގޮތުން އެ ކުއްޖާ މަރުވެފައިވަނީ ހާރޓް އެޓޭކް އެއް ޖެހިގެން ހުކުރު ދުވަހުއެވެ.

އުމުރުން 22 އަހަރުގެ ޗައޮ މަރުވެފައި ވަނީ ހޯމަ ދުވަހުން ފެށިގެން ކޯމާއެއްގައި އޮތުމަށްފަހުއެވެ.

ހޯމަ ދުވަހު ސަރުކާރާއި ދެކޮޅަށް ކުރެވުނު މުޒާހަރާގައި ޗައޮ ވެއްޓިފައިވަނީ މުޒާހަރާގެ ބައިވެރިންނާއި އެ ގައުމުގެ ސިފައިންނާއި ހިނގާދިޔަ ކުރިމަތިލުންތަކުގައި ކަރުނަ ގޭސް ބޭނުން ކުރަމުން ފެށުމުން ދުއްވައިގަތް އިރުއެވެ. ހޮންގްކޮންގްގައި ކުރިއަށް ދާ މުޒާހަރާ ރޫޅާލުމަށްޓަކައި ހޮންކޮންގްގެ ފުލުހުން ދަނީ ކަރުނަ ގޭހުގެ އިތުރުން "ވޯޓާ ކެނަންސް" ބޭނުން ކުރަމުންނެވެ. އޭނާ ވެއްޓިފައި އޮއްވާ ފެނިފައިވަނީ ޕާކެއްގެ ތެރޭގައި އޮއްވައެވެ.

މުޒާހަރާ ކުރަމުންދާ ރައްޔިތުން ދަނީ "ހޮންކޮންގް ހިއުމަންރައިޓްސް އެންޑް ޑިމޮކްރެސީ އެކްޓް" ގެ ގާނޫނެއް ފާސް ކުރުމަށް އެދި އެމެރިކާއަށް ގޮވާލަމުންނެވެ. ޗައިނާއަށް ތާޢީދުކުރާ ފަރާތްތަކުން ހޮންގްކޮންގްގައި އިންސާނީ ހައްޤުތަކާ ޚިލާފަށް ފިޔަވަޅުތައް އަޅަމުންދާތީ އެކަން އެމެރިކާއަށް ހާމަކޮށްދީ، ހޮންގްކޮންގްގެ ރައްޔިތުންގެ އިންސާނީ ހައްޤުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމުގައި އެމެރިކާ ސަރުކާރުގެ އެހީ ހޯދުމަށް ހޮންކޮންގްގެ ރައްޔިތުން ދަނީ މުޒާހަރާ ކުރަމުންނެވެ.

ހޮންގްކޮންގްގައި މި އަހަރުގެ ކުރީކޮޅު މުޒާހަރާކުރަން ފެށީ އެ ރަށުގައި ޖިނާޢީ ކުށްކުރާ ފަރާތްތަކުގެ ޝަރީޢަތްތައް ޗައިނާގައި ހިންގުމަށް ގޮވާލާ ބިލެއް ހޮންގްކޮންގްގެ ސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރުމާއި ގުޅިގެންނެވެ. އަދި ޚިޔާލު ތަފާތުވުން އުފެދުމުގެ ސަބަބުން ހޮންގްކޮންގްގެ ސަރުކާރުން މި ބިލް އަނބުރާ ގެންދިޔަ ނަމަވެސް ހޮންކޮންގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާތައް ދަނީ ކުރިއަށެވެ.

- ކޮމެންޓް