Advertisement
ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 17:54
ޖޭއެސްސީން ދަނީ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަތަކެއް ބަލަމުން
ޖޭއެސްސީން ދަނީ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަތަކެއް ބަލަމުން
މަޖިލިސް
އުއްތަމަ ފަނޑިޔާރު
ޖޭއެސްސީގެ ތަހްގީގު ރިޕޯޓް ގަބޫލު ނުކޮށް، އުއްތަމަ ފަނޑިޔާރު ރިޕޯޓް އަނބުރާ ފޮނުވާލައިފި
މައްސަލަ އެއް ބަލަން ފެށީ ޖުލައި މަހު
ޖޭއެސްސީން ރިޕޯޓް ސުޕްރީމް ކޯޓަށް ފޮނުވާފައިވަނީ ބުރާސްފަތި ދުވަހު
ރިޕޯޓުގައި ފާހަގަ ކޮށްފައިހުރި ކަންތައްތަކެއް މިހާތަނަށް އެނގިފައެއްނުވެ

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ މައްޗަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަމުންދާ ސުލުކީ މައްސަލައިގެ ތަހުގީގު ރިޕޯޓް ސުޕްރީމް ކޯޓަށް ފޮނުވުމުން އެމަނިކުފާނު އެ ރިޕޯޓް ގަބޫލްނުކުރައްވާ އަނބުރާ ފޮނުވައިފިއެވެ.

ބުރާސްފަތި ދުވަހު ޖޭއެސްސީން ވަނީ ތަހުގީގު ރިޕޯޓް ޑރ. ދީދީ އަށް ހަވާލުކުރުމަށް ސުޕްރީމް ކޯޓަށް ފޮނުވާފައެވެ. ރާއްޖެ.އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުން އުއްތަމަ ފަނޑިޔާރު ވަނީ އެ ރިޕޯޓް ގަބޫލު ނުކުރައްވާ އަނބުރާ ޖޭއެސްސީ އަށް ފޮނުއްވާފައެވެ. ރާއްޖެ.އެމްވީ އަށް މައުލޫމާތު ދިން މީހަކު ބުނީ، އުއްތަމަ ފަނޑިޔާރު އެ ރިޕޯޓް ގަބޫލު ނުކުރައްވާ ކަމަށް ސުޕްރީމް ކޯޓުގެ އިދާރީ މުވައްޒަފަކު ޖޭއެސްސީ އަށް ގުޅާފައި އަންގާފައިވާ ކަމަށެވެ. ރިޕޯޓުގައި ފާހަގަ ކޮށްފައިހުރި ކަންތައްތަކެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

Advertisement

އުއްތަމަ ފަނޑިޔާރުގެ މައްސަލަ އެއް ބަލަން ޖޭއެސްސީން ފެށީ ޖުލައި މަހުއެވެ. އެ މައްސަލާގައި ޖޭއެސްސީން އަމުރު ފޮނުވުމުން އެކޮމިޝަން ވަޑައިގަތުމަށް އުއްތަމަ ފަނޑިޔާރު ވަނީ އުޒުރުވެރިވެ ވަޑައިގެންފައެވެ. ޖޭއެސްސީގެ ދިން ނަސޭހަތް އެމަނިކުފާނު ގަބޫލުކޮށްފައިނުވާތީ އެ ކޮމިޝަނުން ދަނީ އެމަނިކުފާނުގެ އިތުރު ސުލޫކީ މައްސަލައެއް ބަަަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް