Advertisement
ކ. މާލެ
|
15 މާރޗް 2017 | ބުދަ 17:15
ކަނޑުދަތުރު ކުރުން
ކަނޑުދަތުރު ކުރުން
ރާއްޖެ އެމްވީ
މޫސުން
!ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފި
ރާއްޖޭގެ މޫސުން ގޯސް ވުމާ ގުޅިގެން މިއަދު ވަނީ ޔެލޯ އެލާޓް ނެރެފަ

ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުގަދަވެ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާއި ބެހޭ އިދާރާއިން ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފް އިން ވަނީ ލ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވާތީ ހާއްސަކޮށް އެ ސަރަހައްދުތަކުން ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިފައެވެ.

އެގޮތުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި ދަތުރު ކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަ ހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ރަނގަޅަށް ހުރިތޯ ބެލުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެއް ބޮޑަށް ބަރުނުކުރުމަށް ވެސް އެ އިދާރާއިން އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން، ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި މޫސުމަށް ބަލައިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ފަހު ނޫނީ މިފަދަ ކުޅިވަރުތައް ނުރޭވުމަށް އެއިދާރާއިން ވަނީ އެދިފަ އެވެ.

ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ.

މީގެ އިތުރުން ކަނޑުމަތީގެ އެއްވެސް ހާދިސާއެއް ހިނގައިފި ނަމަ، ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް