Advertisement
ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 18:16
އެމްޑީޕީގެ ނައިބް ރައީސްކަމަށް ވާދަކުރައްވާ ޝިފާޒް އަދި އަސްލަމް
އެމްޑީޕީގެ ނައިބް ރައީސްކަމަށް ވާދަކުރައްވާ ޝިފާޒް އަދި އަސްލަމް
ރާއްޖެ އެމްވީ
ރާއްޖެޓީވީ - އެމްޑީޕީ
ރާއްޖެޓީވީން އެމްޑީޕީގެ ނައިބް ރައީސްގެ މަޤާމަށް ކުރިމަތިލެއްވި ދެ ކެނޑިޑޭޓުންގެ މެދުގައި ބަހުސްއެއް ބާއްވަނީ
ބަހުސް ބޭއްވުމަށް ހަަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ 9:00 ގައި

މިމަހުގެ 22 ވަނަ ދުވަހު އޮންނަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބް ރައީސަކު ހޮވުމުގެ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންގެ މެދުގައި ބަހުސްއެއް ބޭއްވުމަށް ރާއްޖޭ ޓީވީން ނިންމައިފިއެވެ.

ރާއްޖެ ޓީވީގެ ފަރާތުން އެމްޑީޕީގެ ޗެއަރ ޕާރސަން ހަސަން ލަތީފަށް އެޑްރެސްކޮށް ބުރާސްފަތި ދުވަހު ފޮނުވާފައިވާ ސިޓީގައި ވަނީ ދެ ކެނޑީޑޭޓުންނަށް ޕާޓީގެ ފަރާތުން އެކަން އަންގަވާލަ ދެއްވާ ބަހުސް ބޭއްވުމަށް އެމްޑީޕީން ދެވެން އޮތް އެއްބާރުލުމެއް ދިނުމަށެވެ.

Advertisement

ބަހުސް ބާއްވަން ކަނޑައަޅާފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 15 ވާ ހުކުރު ދުވަހުރޭ 9:00 ގައެވެ.

ހުސްވެފައިވާ އެމްޑީޕީގެ ނައިބް ރައީސްގެ މަޤާމަށް ވާދަކުރައްވަނީ ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ. އަދި ޕާޓީގެ ހުސްވެފައިވާ ރައީސް ކަމުގެ މަޤާމަށް ވަދަކުރައްވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
7 ނޮވެންބަރ 2019 | ބުރާސްފަތި 22:06
އެދުރު ހަސަން.
މަމެން މިފަހަރު ހޮވާނީ އަސްލަމް.. ޟިފާޒުމަތިން މިހާރު ފޫހިވެއްޖެ. މުޅިންވެސް ތަޅަނީ ބޭކާރު ޢަނގަ.