Advertisement
ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 11:52
ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތަކާއި ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވެ-
ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތަކާއި ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވެ-
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް ޔާމީންގެ ޝަރީއަތް
ރައީސް ޔާމީނުގެ ޝަރީޢަތް މިމަހުގެ 17 ވަނަ ދުވަހު!
ޝަރީއަތް އޮތީ މިމަހުގެ 17 ވަނަ ދުވަހުގެ 13:30 ގައި
އެމައްސަލަ ބެލުމަށް އެހެން ގާޒީ އަކާ ހަވާލު ކުރެވިދާނެ
އެމައްސަލަ އޮތް ހިސާބުން ކުރިއަށް ގެންދެވިދާނެ، ނުވަތަ އަލުން ޝަރީއަތް ބާއްވައިގެން ކުރިއަށް ގެންދެވިދާނެ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދަޢުވާގެ ޝަރީޢަތުގެ އަޑުއެހުމެއް މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ނިންމައިފި އެވެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން މިމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ޙުކުމް ކުރުމަށް އޮތް ޝަރީޢަތުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ. އެއީ އެމައްސަލަ ބައްލަވާ ގާޒީ އަދި ކްރިިނަލް ކޯޓުގެ އިސްގާޒީ އަޙްމަދު ހައިލަމްގެ މައްޗަށް ކުރެވޭ ސުލޫކީ މައްސަލަތަކަކާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އޭނާ ސަސްޕެންޑް ކުރުމާއި ގުޅިގެން ނެވެ.

ގާޒީ ހައިލަމް ސަސްޕެންޑް ކުރުމާއި ގުޅިގެން ކްރިމިނަލް ކޯޓުން މިވަގުތު ހިންގެވުމާއި ހަވާލުވެހުންނެވި އިސްގާޒީ އަލީ ރަޝީދެވެ. އަދި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދަޢުވާ ދެން ކުރިއަށް ގެންދާނީ ވެސް ގާޒީ އަލީ ރަޝީދު ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންނަށް ވަނީ މިމަހުގެ 17 ވަނަ ދުވަހު 13:30 ގައި މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދަޢުވާގެ އަޑުއެހުމެއް އޮންނާނެ އަންގާ ޗިޓު ޙަވާލު ކޮށްފަ އެވެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދަޢުވާގައި ޙުކުމް ކުރުމާ ހިސާބުގައި އޮތް ނެމަވެސް ދެން އެމައްސަލަ ބައްލަވާ ގާޒީ އަލުން އެމައްސަަލަ ބެއްލެވުމަކީ ވަރަށް ގާތް ކަމެކެވެ.

Advertisement

ޖިނާއީއިޖުރާޢަތުގެ ޤާނޫނުގެ 152 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، މައްސަލަ ބައްލަވާ ފަނޑިޔާރަށް އެއްވެސް ޙާލަތެއް ދިމާވެ ޝަރީޢަތެއް ކުރިއަށް ނުގެންދެވޭނަމަ، ދެ ގޮތަކަށް ޢަމަލު ކުރެވިދާނެ ކަމަށް ބުނެފައިވެއެވެ. ފުރަތަމަ ގޮތަކީ، ކޯޓަކަށް ޚާއްޞަކުރެވިފައިވާ އެހެން ފަނޑިޔާރަކު އެ މައްސަލައިގެ ޝަރީޢަތް ކުރިއަށްގެންދިއުމަށް ކަނޑައެޅުން، ނުވަތަ އެ މައްސަލައިގެ ޝަރީޢަތް އަލުން ބޭއްވުމަށް ކަނޑައެޅުމެވެ. އެ ދެގޮތުން ކުރެ ގޮތަކަށް ކަނޑައަޅާ ސަބަބާއެކު މައްސަލައިގައި ހިމެނޭ ދެ ފަރާތަށް، އެ ކޯޓު ހިންގުމާ ޙަވާލުވެހުރި ފަނޑިޔާރަކު އަންގަންވާނެ ކަމަށް ވެސް ޖިނާޢީއިޖުރާޢަތުގެޤާނޫނުގައި ބުނެފައި ވެއެވެ.

ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ދަަޢުވާ ކޮށްފައިވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީނުގެ އެކައުންޓަށް ދެފަހަރެއްގެ މަތިން ޖުމުލަ 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގައެވެ.

މިމައްސަލައިގައި ދައުލަތުގެ ހެކިންގެ ގޮތުގައި، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދީފައެވެ.

ރައީސް ޔާމީން ވިދާޅުވެފަވަނީ އެ ފައިސާއަކީ ޕީޕީއެމްގެ ކެމްޕެއިންނަށް ލިބިފައިވާ ފައިސާ ކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅުން ވެސް ހެކިބަސް ދެމުން، ވިދާޅުވެފައި ވަނީ ރައީސް ޔާމީން އަންގަވައިގެން ޤާނޫނާއި ޚިލާފު ކަންކަން ކޮށްފައިވާ ކަމަށާއި، ރައީސް ޔާމީނުގެ އެކައުންޓަން ޖަމާކުރި ފައިސާ އަކީ އެމަނިކުފާނު ވިދާޅުވެގެން ޖަމާކޮށްފައިވާ ފައިސާ ކަމަށެވެ. އަދި އެއީ ކެމްޕެއިން ފައިސާ ނޫން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް