Advertisement
ކ. މާލެ
|
6 ނޮވެންބަރ 2019 | ބުދަ 23:25
އަހުމަދު ހައިލަމް
އަހުމަދު ހައިލަމް
ރާއްޖެ އެމްވީ
ހައިލަމް
ހައިލަމަށް އަލްހާން ފައިސާ ދިން ކަމަށްބުނާ މައްސަލައެއް ބަލަނީ
މައްސަލަ ބެލުމަށް ނިންމާފައި ވަނީ ބުދަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި
ހއިލަމާއި އެކު އަލްހާން ދެ ލައްކަ ރުފިޔާގެ ޓްރާންސެކްޝަނެއް ހިންފާފައިވާ ކަމަށް ކޮމިޝަނުން ބުނޭ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފައިސާ ދިން ކަމަށް ބުނާ މައްސަލައެއް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ބެލުމަށް ނިންމައިފިއެވެ.

ޖޭއެސްސީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމާއެކު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ފަރާތުން 19 މެއި 2019 ވަނަ ދުވަހު 200،000.00 ( ދެލައްކަ) ރުފިޔާގެ ޓްރާންސްސެކްޝަނެއް ހިންގާފައިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން 05 ނޮވެމްބަރު 2019 ވަނަ ދުވަހު އެ ކޮމިޝަނަށް ފޮނުވަފައިވާ ސިޓީގައި ފާހަގަ ކޮށްފައިވާ ކަމަކީ ފަނޑިޔާރަކާއި ގުޅިގެން ފާހަގަ ކޮށްފައިވާ ސީރިއަސް މައްސލައެއްކަމަށްވާތީ އެމައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނުން ބުދަ ދުވަހު ނިންމި ކަމަށެވެ.

Advertisement

އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން 25 ޖުލައި 2019 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަމާލުކަމަށް މި މައްސަލަ ގެނެސްފައިވީނަމަވެސް، ފާއިތުވި ދުވަސްތަކުގެ ތެރޭގައި މި މައުލޫމާތު ކޮމިޝަނާއި ހިއްސާކޮށްފައި ނުވާތީ އާއި އަދި މި މައްސަލައިގައި އެކަށީގެންވާ ފިޔަވަޅު މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިއަދާއި ހަމައަށްވެސް އަޅާފައިވާ ކަމަށް ޤަބޫލު ނުކުރެވޭތީ، އެކަން ބަލައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށާއި އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ދެންނެވުމަށްވެސް މިއަދުގެ ކޮމިޝަންގެ ޖަލްސާގައި ނިންމާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ބުދަ ދުވަހުގެ ބައްދަލުވުމުގައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ދެ ބޭފުޅުން އައްޔަން ކުރުމަށް ކޮށްފައިވާ އިއުލާނާއި ގުޅިގެން ކުރިމަތިލަފައިވާ ފަރާތްތަކުގެ ތެރެއިން ސިވިލް ކޯޓުގެ ޤާޒީ ކަމުގެ މަޤާމުގައި މިވަގުތު ތިއްބެވި ގ. ޑޭޒީފެހި، އަލްއުސްތާޛު ހާތިފް ހިލްމީ އާއި މއ. ވެސައިޑް ފްލެޓް 705، އަލްއުސްތާޛު ހުސައިން މަޒީދު، ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް އައްޔަން ކުރުމަށް ކޮނިޝަނުން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް