Advertisement
ކ. މާލެ
|
6 ނޮވެންބަރ 2019 | ބުދަ 16:28
ގިރިފުށީ ޓްރެއިނިނގް މިނިސްޓްރީގެ ތެރެއިން
ގިރިފުށީ ޓްރެއިނިނގް މިނިސްޓްރީގެ ތެރެއިން
ގޫގުލް
ސަފާރީ
ގިރިފުށީ ޓްރެއިނިން އެއްގައި ސިފައިން ޖެހި ވަޒަނެއް މީހެއްގެ ގަޔަށް އަރައިފި
އެމްއެންޑީއެފް އިން ބުނީ އެކަމުގެ މައުލޫމާތު ލިބިގެން ބަލަމުންދާ ކަމަށް

ގިރިފުށި ޓްރެއިނިންގ އެއްގައި ވަޒަން ޖަހަމުން ދަނިކޮށް އެ ޞަރަޙައްދު ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގައި ހުރި މީހެއްގެ ގަޔަށް ވަޒަނެއް އަރައިފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތުދޭގޮތުގައި ވަޒަން އަރާފައިވަނީ ސަފާރީގައި ހުރި ފަތުރުވެރިއެއްގެ ގަޔަށެވެ. އެމީހާ ގަޔަށް އެރި ވަޒަނަކީ ތަނެއްގައި ޖެހި، އޭގެ ބާރު ކެނޑިފައިވާ ވަޒަނެއް ކަމަށެވެ. އަދި އެވަޒަން ދިޔައީ އެމީހާގެ ކަރުގައި ކޭއްތިފައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

ސީއެމްބިއުލާންސްގައި އެމީހާ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމީހާގެ ޙާލު ރަނގަޅުކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިކަން އިތުރަށް ތަޙްޤީގް ކުރަމުންދާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް