Advertisement
ކ. މާލެ
|
15 މާރޗް 2017 | ބުދަ 14:48
މޫސުން ދައްކުވައިދޭ ޗާޓެއް
މޫސުން ދައްކުވައިދޭ ޗާޓެއް
ގޫގުލް
މޫސުން
މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި
މި އެލާޓް ނެރެފައިވަނީ ބުދަ ދުވަހު ހެނދުނު 9:00 އިން ފެށިގެން 12:00 އަށް
ވައިޓް އެލާޓް ވެސް ވަނީ ނެރެފަ

މޫސުން ގޯށްވުމުގެ ސަބަބުން ލ. އަދި ގދ. އަތޮޅު ރަށްތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

 

މެޓް އޮފީހުން މި އެލާޓް ނެރެފައި ވަނީ ބުދަ ދުވަހު ހެނދުނު 9:00 އިން ފެށިގެން 12:00 އަށެވެ.

 

ބުދަ ދުވަހު ހެނދުނު ނެރެފައިވާ މި އެލާޓްގައި ވަނީ ލ. އަތޮޅާއި ގދ. އަތޮޅުގެ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

 

 މީގެ އިތުރުން ބުދަ ދުވަހުގެ ހެނދުނު 8:00 އިން 14:00އަށް އުތުރާއި ދެކުނު އަދި މެދުރާއްޖެ ތެރެއަށް ވަނީ ވައިޓް އެލާޓެއް ވެސް ނެރެފައެވެ.

 

ބުދަ ދުވަހު ހެނދު ނެރެފައިވާ މި އެލާޓްގައި ވަނީ ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

 

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު މޭލާއި ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާ 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.

 

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމައި ބެހޭ އިދާރާއިން މައުލޫމާތު ދެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް