ސަރުކާރުން 2020 ވަނަ އަހަރަށް ހުށައެޅި ބަޖެޓް ބޮޑުވެގެން ކަމަށް އެމްޑީޕީ މެމްބަރުން ކަންބޮޑުވަނީ ސަރުކާރުން ކަންތައްތަކެއް ކޮށްދީފާނެތީ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނި ވަޑައިގަންނަވާ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ ހޯމަ ދުވަހުއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލައަކީ ތިރީސް ހަތް ބިލިއަން ފައްސަތޭކަ ހަތަރު މިލިއަން ހަތަރު ލައްކަ ނުވަދިހަ ތިންހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ އެވެ.
އަންގާރަ ދުވަހު ޖުމްހޫރީ ޕާޓި (ޖޭޕީ) އަށް މެމްބަރުންނަށް އިތުރު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ރައީސް ސޯލިހު ރައީސް ކަމުގެ މަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ އެތެރެއިންނާއި ބޭރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމްޑީޕީގެ މެމްބަރުންނަށް ބަަހުގެ ހޫނު ހަމަލާތައް ފޮނުވަމުން މާމިގިލި ދާއިރާގެ މެމްބަރު ވަނީ، އެމްޑީޕީގެ މެމްބަރުންނަކީ ''މުސީބާތެއްގެ'' ގޮތުގައި ސިފަކުރައްވާފައެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ، ބަޖެޓް ބޮޑުވެގެން ކަމަށް އެމްޑީޕީގެ މެމްބަރުން ބުނަމުން ދަނީ ސަރުކާރުން ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދީފާނެތީ ކަަމަށެވެ.