ކ. މާލެ
|
5 ނޮވެންބަރ 2019 | އަންގާރަ 17:40
ކުރީގެ ޕޮލިސް ކޮލިޝަނަރ އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް
ކުރީގެ ޕޮލިސް ކޮލިޝަނަރ އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް
ސަމާހު
އަފްރާޝީމްގެ މަރު
ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ މަޢުލޫމާތު ކޮމިޝަނާއި ޙިއްސާކޮށްފިން: ރިޔާޒް
ކޮމިޝަނުގެ މެންބަރުން ކުރެއްވި ހުރިހާ ސުވާލްތަކަށް ޖަވާބުދެއްވާފައިވާނެ ކަމަށް ވިދާޅުވި
އަފްރާޝީމް އަވަހާރަ ކޮށްލިތާ ވަނީ 7 އަހަރު ވެފައެ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ އަފްރާޝީމް ޢަލީ އަވަހާރަ ކޮށްލި މައްސަލައިގައި ލިބިފައި ހުރި ހުރިހާ މަޢުލޫމާތެއް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި ޙިއްސާ ކުރައްވާފައިވާ ކަމަށް އޭރުގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ އެކޮމިޝަނުގެ މެންބަރުން ކުރެއްވި ހުރިހާ ސުވާލުތަކަށް ޖަވާބުދެއްވާފައިވާނެ ކަމަށެވެ. އެހެންނަމަވެސް އޭނާއަށް ކުރިމަތިކުރި ސުވާލުތަކާއި ،ޙިއްސާކުރެއްވި މަޢުލޫމާތުގެ ތަފުޞީލެއް ހާމަކޮށްފައެއް ނުވެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް ޙުސްނުއް ސުޢޫދު މިދިޔަ މަހު ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ އަޑީގައި ތިބި މީހުންނާއި އެމީހުންގެ ތަފްޞީލުތައް ހާމަ ނުކުރެވިގެން އުޅެނީ ލިބެންޖެހޭ ބައެއް މަޢުލޫމާތު ނުލިބިގެންކަމަށެވެ.

އަފްރާޝީމުގެ މަރާ ގުޅޭގޮތުން ސާފުކުރަން ޖެހޭ މަޢުލޫމާތު ސާފުކުރުމަށްފަހު ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށް ސުޢޫދު ވިދާޅުވެފައިވެއެވެ. އަދި ކޮމިޝަނުން ތަހުޤީޤު ކުރަމުންދާ ގިނަ މައްސަލަތައް މިހާރު ނިމިފައިވާ ކަމަށާއި އެކަމުގެ މަޢުލޫމާތުވެސް ރައްޔިތުންނަށް ވަރަށް އަވަހަށް ހާމަކުރާނެކަމަށެވެ. އެހެން ނަމަވެސް، އެ މަޢުލޫމާތުތަކާއި މަރުތަކުގެ ފައިނަލް ރިޕޯޓު ހާމަކުރާނެ ވަކި ތާރީޚެއް ސުޢޫދު ވިދާޅެއް ނުވެއެވެ.

ރަހުމް ކުޑަ ގޮތަކަށް އަފްރާޝީމް އަވަހާރަ ކޮށްލިތާ ވަނީ 7 އަހަރު ވެފައެވެ. އަފްރާޝީމް މަރާލާފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅުއްވި ގޭގެ ސިޑި ކައިރިންނެވެ.

މަރު ކޮމިޝަނުން ބުނެފައިވަނީ އަފްރާޝީމް މަރާލި ދުވަހުގެ ހެނދުނު ދެމީހަކު ސީރިއާއަށް ދިޔަ ކަން ތަހުޤީޤަށް އެނގިފައިވާ ކަމަށެވެ. އެކަމުގައި ދީނީ ހަރުކަށި ފަރާތްތައް ހިމެނޭކަމަށް ކޮމިޓީން ހާމަ ކޮށްފައިވާއިރު، މީގެ ކުރިން ހިނގައިދިޔަ ޔާމީން ރަޝީދުގެ މަރާއި ރިޟްވާން ޢަބްދުﷲ ރަހީނުކޮށް މަރާލުމުގައި ބައިވެރިވެފައިވަނީ ހަރުކަށި މީހުން ކަން ހާމަވާ ކަމަށް ސުޢޫދު ވިދާޅުވެފައިވެއެވެ.

- ކޮމެންޓް