Advertisement
ކ. މާލެ
|
5 ނޮވެންބަރ 2019 | އަންގާރަ 15:18
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ޕްރޮގްރެސިވް ކޯލިޝަން
ޠާރިގު ''ދުއްވާލާނެ'' ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވީ ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފި
ޠާރިގު ވިދާޅުވީ، މަޖިލީހުގައި ހިނގާ ކަންތައްތަކާއި މެދު އެހާބޮޑަށް އަޅާނުލާ ކަމަށް
ޠާރިގަށް ދެ ފަހަރަކު އަދަބު ދެއްވާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް (ޓޮމް) ''ދުއްވާލާނެ'' ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ތުހަމަތު ކޮށްފިއެވެ.

މަޖިލީހުގެ ރައީސް ވަނީ ދެ ފަހަރެއްގެ މަތިން ޠާރިގު އަށް އަދަބު ދެއްވާފައެެވެ. ހޯމަ ދުވަހު މަޖިލީހުގައި ކަށިގަނޑު ފުމެން ފެށުމުން، ދެން ކަށިގަނޑު ނުފުމޭނެ ކަމަށް 100 ފަހަރު ލިޔުއްވުމަށް ނަޝީދު ވަނީ ޠާރިގަށް އަންގަވާފައެވެ. މީގެއިތުރުން އަންގާރަ ދުވަހުގެ ޖަލްސާގަައި ވެސް މަޖިލީހުގެ ތަޅުމުގައި ޠާރިގު ވަނީ އަޑުގަދަ ކުރައްވާފައެވެ. އަދަބެއްގެ ގޮތުގައި އޭނާ މަޖިލީހުން ބޭރަށް ނިކުމެވަޑައިގަންނަވަން ރައީސް ނަޝީދު އެންގެވިއެވެ. އަދި މޫނު ފާރަށް ކުރިމަތިލައިގެން ކޮޅަށް ހުންނެވުމަށް ވެސް ރައީސް ނަޝީދު ޠާރިގަށް އެންގެވިއެވެ.

Advertisement

މަޖިލީހުގައި ހިނގާދިޔަ ކަންތައްތަކުގެ ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަނަށް ނިޞްބަތްވާ މަޖިލީސް މެމްބަރުންނާއެކު އަންގާރަ ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސް ގައި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، އަންގާރަ ދުވަހު މަޖިލީހުގެ ތަޅުން ދޫކުރައްވައި ޠާރިގު ބޭރަށް ވަޑައިގަންނަވަން އުޅުއްވަނިކޮށް ރައީސް ނަޝީދު ޠާރިގަށް އިންޒާރު ދެއްވި ކަމަށެވެ.

ތޯރިގު ނަން އިއްވާފަ ނެރެން ދިޔަ ނިކުންނަން ދިޔަ ވަގުތު މަޖިލީސްގެ ރައީސް ކަމުގައި ހުންނަވައިގެން ރައީސް ނަޝީދު އޭނާ (ޓޮމް) އާ ދިމާލަށް ޖެއްސި ވައްތަރު ދެކުނިން... އެމަނިކުފާނު ވިދާޅުވި މައިކު ކަނޑުއްވާލާފައި ގައިގަވެސް އައްލާނަމޭ، ކަލޭގެ ދުވަސްވެސް ދުއްވާލާނަމެ
އަބްދުއްރަހީމް އަބްދުﷲ ~ ޕީއެންސީގެ ރައީސް ~

ޢަބްދުއްރަހީމް ވިދާޅުވީ، ޕާޓީގެ ކައުންސިލްގެ މެދުގައި އެކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ކަމާބެހޭ އިދާރާތަކަށް އަންގާނެ ކަމަށެވެ. ޕްރެސްކޮންފަރެންސް އަށް ފަހު އެކަން ހިނގާ ދިޔަ ގޮތުގެ ތަފްޞީލު ދެއްވުމަށް ޠާރިގު އަރިހު އެއްސެވުމުން އޭނާ އެ ވާހަކަތަކެއް ދޮގެއް ނުކުރައްވައެެވެ. އެހެން ނަމަވެސް، މެމްބަރު ވިދާޅުވީ، މަޖިލީހުގެ ތެރޭގައި އެފަދަ ކަންތައްތައް ހިނގާ ކަމަށާއި، އެކަމާއި އެހާ ބޮޑަށް ސަމާލުކަމެއް ނުދެއްވާ ކަމަށެވެ.

ރައީސް ނަޝީދު ޠާރިގަށް އަދަބު ދެއްވާފައިވާއިރު، މީގެ ކުރިން އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުން މަޖިލީސް ހިންގަން ބޭނުން ވަނީ ކްލާސް ރޫމެއް ހިންގާ ގޮތުގައެވެ. މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިގަންނަވާ މެމްބަރުންނާއި ޖަލްސާ އަށް ވަޑައިގަންނަވާއިރު ރިޔާސަތުން ހުއްދަ ހޯދަން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް