Advertisement
ކ. މާލެ
|
5 ނޮވެންބަރ 2019 | އަންގާރަ 11:39
އެމްޑީއެން
އެމްޑީއެން
އަވަސް.އެމްވީ
އެމްޑީއެންގެ މައްސަލަ
އެމްޑީއެން އުވާލުމަށް ނިންމައިފި
އުވާލުމަށް ނިންމީ ޔޫތް މިނިސްޓްރީން
އެމްޑީއެން އުވާލަން ނިންމީ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން" ރިޕޯޓާ ގުޅިގެން
އެމްޑީއެންގެ ރިޕޯޓުގައި އިސްލާމީ އުސޫލުތަކާ ހިލާފު ވާހަކަ ހިމަނާފައިވާ ކަމަށް ފުލުހުންގެ ތަހުގީގުން ވަނީ ކަނޑައަޅާފައި

މޯލްްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ނިންމާލައިފިއެވެ.

އެމްޑީއެން އުވާލަން ނިންމިކަން ހާމަކޮށްފައިވަނީ އަންގާރަ ދުވަހު ޔޫތް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައެވެ.

Advertisement

''ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ'' ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ފަރާތުން އާންމުކުރި ރިޕޯޓުގައި ﷲ އަށާއި ރަސޫލާ އަށް ފުރުއްސާރަކޮށްފައިވާތީ އެ ޖަމިއްޔާގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލަމަށް ޔޫތް މިނިސްޓްރީން، އެ ޖަމްއިއްޔާ އަށް އަންގާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ. އޭގެ ފަހުން ފުލުހުން އެ މައްސަލަ ތަހުގީގު ކުރި ކުރުމުގައި، އެ ރިޕޯޓުގައި ދީނަށް ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށް ވަނީ ފާހަގަވެފައެވެ.

ރިޕޯޓު ލިޔުމުގައި ހަރަކާތްތެރިވި ފަރާތްތަށް ފުލުހަށް ހާޒިރުކުރަން އެ ފަރާތްތަކަށް ޗިޓް ފޮނުވާފައިވިއަސް އެއިން އެއްވެސް މީހަކު އަދި މިހާތަނަށް ހާޒިރުކުރެވިފައެއް ނުވެއެވެ. އެ އެންމެންވެސް ތިބީ ރާއްޖެއިން ބޭރުގައެވެ. ދީނަށް ޖޯކު ޖެހި ކަމަށް ބުނާ ރިޕޯޓުގެ މައްސަލަ ހޫނުވެ އެކަމާއި ދެކޮޅަށް ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ވަނީ އިހްތިޖާޖު ކޮށްފައެވެ. ސަރުކާރުން އެމްޑީއެން އުވާލާފައިމިވަނީ އެ ރިޕޯޓާއި މެދު ފިޔަވަޅު އެޅުން ލަސްވާކަމަށް ރައްޔިތުންގެ ތެރޭގައި ވާހަކަދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް