Advertisement
ކ. މާލެ
|
5 ނޮވެންބަރ 2019 | އަންގާރަ 10:03
ޏ. ފުވައްމުލައް
ޏ. ފުވައްމުލައް
މުހައްމަދު ޝަރުހާން
އެކްސިޑެންޓް
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
އަނިޔާވީ 26 އަހަރުގެ ދިވެހި ފިރިހެނަކަށް
އޭނާއަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުން
މިހާދިސާ ހިނގީ ސްޕީޑް ބްރޭކަރުގައި ޖެހި ކޮންޓްރޯލް ނުވެ ސައިކަލު ވެއްޓުމުގެ ސަބަބުން

ޏ. ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ މިމަހުގެ 04 ވަނަ ދުވަހުގެ 23:50 ހާއިރު ފުވައްމުލައް ސިޓީ ސްޓޭޑިއަމް ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ވެއްޓި މީހަކަށް އަނިޔާވެފައިވާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގީ ބާރު ސްޕީޑްފައި ސައިކަލު ދުއްވާފައި ދަނިކޮށް ސްޕީޑް ބްރޭކަރުގައި ޖެހި ކޮންޓްރޯލް ނުވެ ސައިކަލު ވެއްޓުމުގެ ސަބަބުން ކަމަށާއި، 26 އަހަރުގެ މިދިވެހި ފިރިހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިހާދިސާ ހިނގި ވަގުތު އެސައިކަލު ދުއްވަން އޭނާ އެކަނި ކަމަށް ފުލުހުން ބުންޏެވެ.

Advertisement

ސައިކަލު ދުއްވުމުގެ ލައިސެންސް އޮންނަ އެމީހާއަށް، ފުވައްމުލަކު ހޮސްޕިޓަލްގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް