Advertisement
ކ. މާލެ
|
4 ނޮވެންބަރ 2019 | ހޯމަ 23:29
އަލްއުސްތާޛް އަޙްމަދު ހައިލަމް
އަލްއުސްތާޛް އަޙްމަދު ހައިލަމް
ރާއްޖެ އެމްވީ
އެމްޑީޕީ
ޤާޟީ ހައިލަމުގެ މައްޗަށް ތަހުޤީގެއް ހިންގުމަށް އެމްޑީޕީން ގޮވާލައިފި
ހައިލަމް އެ ޢަމަލު ހިންގާފައިވަނީ ކޮރަޕްޝަނާއި، ފަސާދައިގެ ލާލަޗުގައިކަމަށް ޤަބޫލުކުރެވޭ ކަމަށް ބަޔާނުގައިވޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާ ގަންހިންގާ މަންޒަރު ދައްކުވައިދޭ ކުރެހުމެއް ކްރިމިނަލް ކޯޓުގެ ރެކްރިއޭޝަން ކްލަބުގެ ވައިބަރ ގްރޫޕް – “ސީ.ސީ.އާ.ރް.ސީ އެކުވެރިންގެ ދަރުބާރު” އަށް ނަޞްރުގެ ދުވަހުގެ ތަހުނިޔާ މެސެޖެއްގެ ގޮތުގައި ފޮނުވި އެ ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު އަޙްމަދު ހައިލަމްގެ މައްޗަށް ތަހުޤީޤެއް ހިންގުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމްޑީޕީން) ގޮވާލައިފިއެވެ.

ހޯމަ ދުވަހުގެ ރޭ އެ ޕާޓީން ނެރެފައިވާ ބަޔާނުގައި ވަނީ ހައިލަމް އެ ޢަމަލު ހިންގާފައިވަނީ ކޮރަޕްޝަނާއި، ފަސާދައިގެ ލާލަޗުގައިކަމަށް އެ ޕާރޓީއަށް ޤަބޫލުކުރެވޭތީއާއި، ޢާންމުންގެ މެދުގައި އެ ތުހުމަތު ކުރެވެމުންދާކަމަށްޓަކައި އޭނާގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެމް.ޑީ.ޕީ އިން ގޮވާލާ ކަމަށެވެ.

Advertisement

‎"ޢަދުލް އިންސާފު ޤާއިމުކުރުމުގެ ދާއިރާގެ މިނިވަންކަމަށް ރައްކާތެރިވެ ތިބޭ ޙާލު، އެ ނިޒާމުގެ ހައިބަތާއި، ޤަދަރު ޙިމާޔަތްކުރުމަށާއި، ކޯޓުތަކުގެ މައްޗަށް ޢާންމުންގެ މެދުގައި އިތުބާރާއި ޔަޤީންކަން އުފައްދައި ދެމެހެއްޓޭނެ މަގުން އަޚްލާޤާއި، ސުލޫކީ މިންގަނޑު ބެހެއްޓުމަށް ފަނޑިޔާރުންގެ މައްޗަށް ދުސްތޫރީ އަދި ޤާނޫނީގޮތުން ލާޒިމެވެ. އަދި ފަނޑިޔާރުންނީ ޒާތީ ތަޢައްސުބެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، ޢަމަލާއި ބަސް، އުޅުމާއި ގުޅުން ބަހައްޓަން ލާޒިމުވާ ބައެއް މެއެވެ" ބަޔާނުގައި ވެއެވެ.

‎އެހެންކަމުން ތަޢައްޞަބު ކުރިއަށް ނެރެ، ވަކި ފަރާތަކަށް ނުޖެހުމުގެ ސިފަ ނަފީވާ މަގުން، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ފަނޑިޔާރުންގެ ޤާނޫނާއި، ސުލޫކީ މިންގަނޑާ ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ހައިލަމް ހިންގާފައިވާ މި ޢަމަލުގެ ތަޙްޤީޤު ޖުޑީޝަލް ސަރވިސް ކޮމިޝަނުންވެސް ހިންގުމަށް ނިންމާފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 41 މިނެޓު ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް