Advertisement
ކ. މާލެ
|
4 ނޮވެންބަރ 2019 | ހޯމަ 21:03
އެންވައިރަމެންޓް ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
އެންވައިރަމެންޓް ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
އެންވައިރަމެންޓް މިނިސްޓްރީ
މަޑަވެލި ހޯޑެއްދު ކޯޒްވޭގެ މައްސަލައާއި ގުޅިގެން ޑރ. މުއިއްޒު އެންވައިރަމެންޓް ކޮމިޓީއަށް ހާޒިރުކުރަނީ
ކޯޒްވޭގެ މައްސަލައިގައި ކުރީގެ ސަރުކާރުގެ އިސްފަރާތްތައް ހާޒިރުކުރުމަށް ވަނީ ނިންމައިފައި
ރައްޔިތުން ޝަކުވާއަށް ބީރު ކަންފަތެއް ދިން މައްސަލަ ބަލާނެ

މަޑަވެލި ހޯނޑެއްދޫ ކޯޒްވޭގެ މައްސަލައާއި ގުޅިގެން އަނެއްކާވެސް ކުރީގެ ހައުސިންގް މިނިސްޓަރ ޑރ މުއިއްޒު އެންވައިރަމެންޓް ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ހޯމަ ދުވަހުގެ މެންދުރު ރައްޔިތުންގެ މަޖިލީހުގެ އެންވައިރަމެންޓް ކޮމިޓީގެ ބައްދަލުވުމެެއް ބާއްވައި ވަނީ މަޑަވެލި ހޯނޑެއްްދޫ ކޯސްވޭ ހެދުމަށް އީއައިއޭ ރިޕޯޓުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވި ފަރާތްތަކާއި އެމްޓީސީގެ ފަރާތުން އެ ޕްރޮޖެކްޓް ހިންގި އިރު ހަވާލުވެގެން ހުރި ފަރާތުގެ އިތުރުން ކުރީގެ ހައުސިންގް މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ހާޒިރުކޮށް އެ މަސައްކަތާއި ބެހޭ ގޮތުން ސުވާލުކުރުމަށް ނިންމައިފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މަޑަވެލީ ދާއިރާގެ އިއްޒަތްތެރި މެމްބަރު ހުސައިން ފިރުޝާން ވިދާޅުވީ ކޯސް ވޭ އެޅުމޔުގެ ކުރިން 2 ރަށުގެ ކައުންސިލުންވެސް އެއިރުގެ ކަމާބެހޭ އިދާރާތަކާއި ބައްދަލުކޮށް ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާކަމަށާއި އެގޮތުން އެއިރުގެ ހައުސިންގް މިނިސްޓްރއަށް އެތަށް ފަހަރެއްގެ މަތިން ސިޓީ ފޮނުވައި ބައްދަލުވެސް ކޮށްފައިވާކަމަށެވެ. މެމްބަރު ފިރުޝާން ވިދާޅުވީ ކޯޒްވޭ އެޅުމުގެ ކުރިންވެސް ރައްޔިތުން ދިޔައީ އެ ތަނުގައި އަޅަިއފިނަމަ ތިމާވެށިގެ އެކި ކަހަލަ މައްސަލަތައް ދިމާވެ، އުދަ އެރުން ފަދަ މައްސަލަތައް ދިމާވާނެ ކަމަށް ބުނަމުން ކަމަށެވެ. ނަމަވެސް އެއިރުގެ ސަރުކާރުން އެކަމަށް ބީރު ކަންފަތެއް ދީފައިވާކަމަށް މެމްބަރު ފިރުޝާން ފާހަގަކުރެއްވިއެވެ.

ކޯޒްވޭއާއި ގުޅޭ ގުޅޭގޮތުން ޖުލައި މަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ މަޑަވެލި ހޯނޑެއްދޫ ކޯޒްވޭއަކީ 2008 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ފުރަތަމަ ހަދަން ޕްލޭން ކުރި ކޯޒްވޭކަމަށެވެ.

Advertisement

ކޯޒްވޭ ހެދުމަށް އީއައިއޭ ހެދީ 2012 ވަނަ އަހަރު ނަމަވެސް އެމްޑީޕީ ސަރުކާރު ވެއްޓުމާގުޅިގެން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު ކޯޒްވޭގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު ކަމަށް ފިރުޝާން ވިދާޅުވިއެވެ. 2016 ވަނަ އަހަރު ދެފަހަރެއްގެ މަތިން އީއައިއޭ ހަދަން އިއުލާން ކޮށްފައިވާކަމަށާއި ނަމަވެސް އީއައިއޭ ހެދިކަމެއް އިނގެން ނެތް ކަމަށެވެ. އަދި މި ދެ އިޢުލާނަކީ އޭރުގެ ހައުސިންގ މިނިސްޓްރީގެ ދެ ޑިޕާޓްމަންޓަކުން ކޮށްފައިވާ ދެ އިއުލާންކަން ފިރުޝާން ފާހަގަކުރެއްވިއެވެ.

ފިރުޝާން ވިދާޅުވީ 2012 ވަނަ އަހަރު ހެދި އީއައޭ ރިޕޯޓް އީޕީއޭގެ ވެބްސައިޓްގައި އޭރު ނެތްކަމަށާއި މި ރިޕޯޓް އީޕީއޭގެ ވެބްސައިޓްގައި ޝާޢިއު ކޮށްފައިވަނީ މިއަހަރުގެ މާރޗް މަހު 26 ވަނަ ދުވަހު ކަމަށެވެ. 440 މީޓަރު ދިގުމިނިގެ މި ކޯޒްވޭއަކީ 29 މިލިއަން ރުފިޔާ ދިވެހި ދައުލަތުން ޚަރަދު ކޮށްގެން ހަދާފައިވާ ކޯޒްވޭއެކެވެ.

ކޯޒްވޭގެ ސަބަބުން މޫސުން ގޯސްވެ ކަނޑު ގަދަވާ ކޮންމެ ފަހަރު ރަށަށް ރާޅު އަރާ ފެންބޮޑުވެ، ދަނޑު ބިންތައް ހަލާކުވެ އެ ރަށްރަށުގެ ރައްޔިތުންނަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. ރައްޔިތުން ނިކުމެ ހައިމާކެއް ބޭނުންކޮށްގެން ކޯޒްވޭ ވަނީ ކަނޑާލަފައެވެ. މި މައްސަލަ އެންވަޔަރަންމަންޓް އެންޑް ކްލައިމްޓް ޗޭންޖް ކޮމިޓީން ކޮމިޓީގެ ސަމާލުކަމަށް އައިސްފައިވަނީ ކޯޒްވޭގެ ސަބަބުން ތިމާވެށީގެ ވަރަށް ގިނަ މައްސަލަތަކެއް ކުރިމަތިވަމުން ދާތީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް