Advertisement
ކ. މާލެ
|
4 ނޮވެންބަރ 2019 | ހޯމަ 16:38
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި--
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި--
ރައްޔިތުންގެ މަޖިލިސް
މާލިއްޔަތު ކޮމެޓީ
ކޮމެޓީގައި މުއިއްޒު އިތުރުފުޅު ހެއްދެވި ކަމަށްބުނެ އެމައްސަލަ ބަލަނީ!
ބަޔާން ދެވުނީ ކޮން ބަޔަކަށް ކަމެއް މުއިއްޒަށް ނޭނގުނު
ބަޔާނާއި ގުޅޭ ކޮރަޕްޝަން މައްސަލައެއް އުޅޭތޯ ބަލަން ހުށަހެޅި
ވަޒީރުކަމުގެ ހުންނެވިއިރު ލިބުނު މައުލޫމާތު، ދައުލަތަށް ގެއްލުންވާގޮތަށް ބޭނުންކުރުން

ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފްލެޓް އެޅުމަށް ޙަވާލުކުރި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) މައްސަލާގައި މާލިއްޔަތު ކޮމެޓީގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިތުރުފުޅު ހެއްދެވި ކަމަށް ބުނާ މައްސަލަ ބެލުމަށް ކޮމެޓީއަށް ހުށަހަޅައިފި އެވެ.

ނޫމަޑި މައްސަލައާ ގުޅިގެން ރަައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ކުރީގެ މިނިސްޓަރު މުއިއްޒު ހާޒިރު ކުރުމުން އޭނާއާ ވަނީ ކޮމެޓީގެ މެމްބަރުންގެ ގިނަ ސުވާލުތަކެއް ޢަމާޒުކޮށްފަ އެވެ.

Advertisement

އެގޮތުން، މެމްބަރުންގެ ބައެއް ސުވާލުތަކާއި ގުޅިގެން، ބައެއް މަޢުލޫމާތު ހާމަ ނުކުރެއްވުމާއި، އިތުރުފުޅު ހައްދަވާކަމަށް ކޮމެޓީގެ ބައެއް މެމްބަރުންނަށް ފާހަގަކުރެވޭތީ، މުއިއްޒުއާ ގުޅޭ ތިން މައްސަލައެއް ބެލުމަށް ކޮމެޓީއަށް ވަނީ ހުށަހަޅާފަ އެވެ. މުއިއްޒުއާ ގުޅޭ ދެ މައްސަލަ މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުއްވީ އެކޮމެޓީގެ މެމްބަރު ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު ޢަބްދުﷲ އެވެ. އަނެއް މައްސަލަ ހުށަހެޅުއްވީ އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

"މިމައްސަލާގައި ޑރ. މުއިއްޒުގެ ބަޔާނާއި އަދި ދެއްވި މައުލޫމާތާ ގުޅިގެން އަޅުގަނޑަށް ފާހަގަވަނީ، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދަދޭން މަސައްކަތް ކުރައްވާފައި އޮތްކަމަށް. އެހެންވީމާ އަޅުގަނޑު ހުށަހަޅަން ޑރ. މުއިއްޒުގެ މައްސަލަ ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވަން. އަނެއް ކަމަކީ، ގައިމުވެސް އަޅުގަނޑަށް އެނގޭގޮތުގައި ބަޔާނެއް ބަޔަކަށް ދޭއިރު، އެނގޭނެ ބަޔާން މިދެވެނީ ކޮންބަޔަކަށްކަން، ކޮންމެގޮތެއްވިޔަސް އާބިޓްރޭޝަނުގައި ހިނގާ މައްސަލައެއްގައި ހެކި ބަސްދެވޭނީ ކޮންމެވެސް އެއްކޮޅަކަށް، އެކަމަކު ދެންމެ ހަމަ ތަކުރާރުކޮށް އިތުރުފުޅު ހެއްދެވިކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ. އެމައްސަލަ އަޅުގަނޑުމެން ބަލާ ދިރާސާކޮށް، އިތުރުފުޅު ހައްދަވާފައިވާކަމަށް ގަބޫލު ކުރެވޭނަމަ ޕޮލިހަށް ހުށަހަޅައިގެން އެމައްސަލަ ކުރިއަށް ގެންދިއުމަށް ވެސް އަޅުގަނޑު ހުށަހަޅަން،"
ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު ޢަބްދުﷲ

އިލްޔާސް ލަބީބު ވިދާޅުވީ ދައުލަތަށް ގެއްލުންވާގޮތަށް ކުރީގެ މިނިސްޓަރު މުއިއްޒު ޢަމަލުކުރައްވާފައިވާތީ އެ މައްސަލައަކީ ވެސް ބެލެންޖެހޭނެ މައްސަލައެއް ކަމަށާއި އެމައްސަލަ ބެލުމަށް ކޮމެޓީއަށް ހުށަހަޅުއްވާ ކަމަށެވެ.

"ގާނޫނުއަސާސީގެ 138 ވަނަ މާއްދާގެ (ށ)އާ ހިލާފަށް ވަޒީރެއްގެ ހައިސިއްޔަތުން ލިބުނު މައުލޫމާތު، އެހެން ބަޔަކަށް މަންފާއެއް ލިބޭގޮތަށް ބޭނުންކުރިކަމަށް އަޅުގަނޑަށް ތުހުމަތު ކުރެވޭތީ އެމައްސަލަ މިކޮމެޓީން ބެލުމަށްފަހު އަންގަންޖެހޭ ފަރާތަކަށް އެންގުމަށް އަޅުގަނޑު ހުށަހަޅަން،"
އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

މުއިއްޒާ ގުޅޭ އެތިން މައްސަލަ ކޮމެޓީއަށް ހުށަހެޅިފައިވީނަމަވެސް، އެ ބައްދަލުވުމުގެ ކޯރަމް އެވަގުތު ނެތުމުން އެމައްސަލަތަކަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އެހެންކަމުން ކޮމެޓީގެ މުޤައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ވިދާޅުވީ ދެން ބޭއްވޭ ކޮމެޓީގެ ބައްދަލުވުމުގައި އެހުށަހެޅުންތަކާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ބާޠިލުކުރި ނޫމަޑީގެ އެއްބަސްވުންތައް ބާޠިލުކުރިއިރު، ހައުސިން މިނިސްޓަރަކަށް ހުންނެވީ މުއިއްޒު އެވެ. އެ އެއްބަސްވުންތައް ހަދާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ނެވެ.

މުއިއްޒު ވަނީ ނޫމަޑި އެއްބަސްވުން ބާޠިލުކުރީ އެއްބަސްވުމާއި ޚީލާފަށް ކަމަށް ވިދާޅުވެ، ބަޔާނެއް ދެއްވާފަ އެވެ. ނޫމަޑިން ވަނީ އެބަޔާން އާރބިޓްރޭޝަނަށް ހުށަހަޅާފަ އެވެ. އެބަޔާން ވެފައިވަނީ ނޫމަޑިއަށް އެ މައްސަލަ ކާމިޔާބު ކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގަ އެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ބާޠިލުކުރި ދެ އެއްބަސްވުމެއްގެ މައްސަލަ ނޫމަޑިން ވަނީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާރމަނަންޓް ކޯޓް އޮފް އާރބިޓްރޭޝަނަށް ހުށަހަޅާފައެވެ. އެމައްސަލަތަކުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (849،750،000ރ) ދައްކަން ޖެހުނެވެ. އެފައިސާ މިސަރުކާރުން ވަނީ ދައްކާފައެވެ.

އެއްބަސްވުން އުވާލި މައްސަލަތަކުގައި ނޫމަޑިން، އާރބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ހޯދުމަށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އެ ކުންފުންޏާ ވާހަކަ ދައްކައި ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިނީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް