Advertisement
ކ. މާލެ
|
4 ނޮވެންބަރ 2019 | ހޯމަ 12:15
ގުޅީފަޅު
ގުޅީފަޅު
ޓްވިޓަރ
ބަޖެޓް
ބަޖެޓް 2020: ބުރިޖް އެޅުމަށް 411 މިލިއަން، ގުޅީފަޅަށް ޕޯޓު ބަދަލުކުރުމަށް 247 މިލިއަން ރުފިޔާ
ބުރިޖް އެޅުމުގެ މަޝްރޫޢު ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުން
ގުޅީފަޅުގައި ޕޯޓުއެޅުމަށްޓަކައި މިއަހަރު ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ

މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ބުރިޖް އެޅުމުގެ މަސައްކަތް ފެށުމަށް 2020 ވަނަ އަހަރުގެ ބަޖެޓްގައި 411 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ މި މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ކުރަންޖެހޭ ދިރާސާތަކުގެ މަސައްކަތް ކުރެވެމުންދާ ކަމުގަ އެވެ. މި ސަރަހައްދު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، އިގްތިސޯދީ ގޮތުން ފައިދާ ކުރާނެކަމަށާއި މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

Advertisement

އަދި މިސަރަހައްދު ބްރިޖަކުން ގުޅާލައި ވިޔަފާރި ބަނދަރުގެ މަޝްރޫއު ފަށަން ބޭނުންވާ ފައިސާ ހޯދަން މިއަހަރު ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ސަރުކާރުން ވަނީ ހުށަހަޅާފަ އެވެ. މިމަސައްކަތައް 488 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.5 ބިލިއަން ރުފިޔާ) ބޭނުންވާ ކަމަށް ޕާޓްނާޝިޕް ފޯރަމްގައި ސަރކާރުން ވަނީ އިއުލާން ކޮށްފައެވެ.

މީގެއިތުރުން ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު އަހަރުން އަހަރަށް ކުރިއަރާފައިވާއިރު އަދި އިމްޕޯޓް ކުރާ މުދަލުގެ އަދަދު އެތައް ގުނައަކުން އިތުރުވަމުން ދިޔަނަމަވެސް މާލޭ ޕޯޓަށް ބޮޑު ބަދަލެއް ނާންނަތާ 30 އަށް ވުރެ ގިނަ އަހަރުވެއްޖެ ކަމަށެވެ. އެކަމުގެ ސަބަބުން މުދާ ބޭލުމަށާއި، މުދާ ގުދަން ކުރުމަށާއި ވިޔަފާރި ކުރާ ތަންތަނާއިހަމައަށް މުދާ ގެންދިއުމުގައި ޒަމާނާ ނުކިއްސަރު ގޮންޖެހުންތަކެއް ވިޔަފާރިތަކަށް ދިމާވަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ބަޖެޓުގައި ހިމަނާފައިވާ ގުޅީފަޅު ޕޯރޓް ޕްރޮޖެކްޓަކީ ރާއްޖެއަށް މުދާ އިމްޕޯރޓްކޮށް، ގުދަންކޮށް ގެންގުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ އެންމެ ބޮޑު އިންގިލާބީ ބަދަލު ގެނެސްދޭނެ ޕްރޮޖެކްޓް. މި އަހަރުގެ ތެރޭގައި މި މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދާނެ. ގުޅީފަޅުގައި ތަރައްގީ ކުރެވޭ ބަނދަރު ވެގެންދާނީ އިންޓަނޭޝަނަލް ޝިޕިންގ ރޫޓްތަކުގައި ދަތުރުކުރާ ބޮޑެތި އާގު ބޯޓު ފަހަރަށްވެސް ބޭނުންކުރެވޭވަރުގެ ބަނދަރަކަށް. މީގެ ސަބަބުން، މިހާރު ރާއްޖެއަށް މުދާ ގެންނަން މެދުވެރިއެއްގެ ދައުރު އަދާކުރާ ފީޑަރ ބޯޓުފަހަރަށް ބަރޯސާވުން ނިމުމަކަށް އައިސް، ރާއްޖެއަށް މުދާ ގެންނަން ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ. އަދި ސަރުކާރުގެ އަމާޒަކީ މުދާ އަރުވައި ބޭލުމުގައި މިހާރު ހޭދަވާ މުއްދަތު މަދުވެގެން 5 ގުނަ ކުޑަކުރުން
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ގުޅީފަޅު ހިއްކުމަށާއި ޕޯޓް ތަރައްޤީކުރުމުގެ ޕްރޮޖެކްޓުތަކަށް 247 މިލިއަން ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް