ކ. މާލެ
|
3 ނޮވެންބަރ 2019 | އާދީއްތަ 20:54
އދ ގެ ސެކްރެޓަރީ ޖެނެރަލް އާސިއާން ސަމިޓުގައި ތަޤްރީރު ކުރައްވަނީ
އދ ގެ ސެކްރެޓަރީ ޖެނެރަލް އާސިއާން ސަމިޓުގައި ތަޤްރީރު ކުރައްވަނީ
އަލް-އަހެދް ނިއުސް
ރޮހިންގާ މުސްލިމުން
ރޮހިންގާ މުސްލިމުންގެ މައްސަލަ ޙައްލުކުރަން އދ ގެ ސެކްރެޓަރީ ޖެނެރަލް މިޔަންމާ ސަރުކާރަށް ގޮވާލައިފި
ރޮހިންގާ މުސްލިމުންގެ މައްސަލައިގައި ކަންބޮޑުވޭ- އދ ގެ ސެކްރެޓަރީ ޖެނެރަލް
740،000 އަށް ވުރެ ގިނަ ރޮހިންގާ މުސްލިމުން ރެފިއުޖީންގެ ގޮތުގައި އެބަތިބި

ޙާލުގައި ޖެހި ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްގެ ކޭމްޕުތަކުގައި ދިރިއުޅެމުންދާ ރޮހިންގާ ދަރިކޮޅުގެ މުސްލިމުންގެ ޒިންމާ ނަގާ އެމީހުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތާރޭޝް މިޔަންމާ ސަރުކާރަށް ގޮވާލައިފިއެވެ.

މިހާރު ތައިލޭންޑުގެ ވެރިރަށް ބެންކޮކްގައި ކުރިޔަށްދާ އިރުމަތީ އޭޝިޔާ ޤައުމުތަކުގެ(އާސިއާން) އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ދެއްވި ތަޤުރީރުގައި ގުތާރޭޝް ވިދާޅުވީ މިޔަންމާ މުސްލިމުންގެ މައްސަލައިގައި ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެމީހުންނަށް އެޙާލު ޖެހެން މެދުވެރިވި އަޞްލު ސަބަބު ހޯދައި، އެމީހުން ސަލާމަތުގެ އައްސޭރިއަށް ގެންދިއުމުގެ ޒިންމާ އުފުލުމަށް މިޔަންމާ ސަރުކާރަށް ގޮވާލެއްވިއެވެ.

މިޔަންމާ ނިޞްބަތްވާ އާސިއާންގެ އަހަރީ ޢާންމު ބައްދަލުވުމުގައި ގުތާރޭޝް މިޔަންމާގެ ރޮހިންގާ ދަރިކޮޅުގެ މުސްލިމުންގެ މައްސަލައަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދެއްކެވީ، އެޖަމާޢަތަކީ އެޞަރަޙައްދަށް ދިމާވެފައިވާ ނާޒުކު މައްސަލަތައް ދެނެގަނެ އެކަންކަން ޙައްލުކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ ޖަމާޢަތަށްވާތީއެވެ. އެހެންނަމަވެސް މެމްބަރު ޤައުމުތަކުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަނުމަށް އާސިއާންގެ ޗާޓަރު ތަނެއް ނުދެެއެވެ.

ގުތާރޭޝް ރޮހިންގާ މުސްލިމުންނާމެދު ކަންބޮޑުވުން ފާޅުކުރެއްވިއިރު މިޔަންމާގެ ސްޓޭޓް ކައުންސިލަރ އައުން ސައުން ސޫޗީ އެ އެއްވުމުގައި އިންނެވި ނަމަވެސް، އެކަމަށް މާ ސަމާލުކަމެއް ނުދެއްވާ ކަމަށް ބައިނަލް އަޤުވާމީ މީޑިއާ ތަކުން ރިޕޯޓު ކުރެއެވެ.

މިޔަންމާގެ ރަޚައިން ސްޓޭޓުގައި، އެޤައުމުގެ ސަރުކާރާއި އަސްކަރިއްޔާ އިސްވެ އޮވެ ހިނގި ޤަތުލްޢާންމުގައި، ރޮހިންގާ ދަރިކޮޅުގެ އެތައް ބަޔަކު މަރުވިއެވެ. އަދި ފުރާނަޔަށް ނުރައްކާވެ ހަށިރައްކަލަށް އެޤައުމުގެ 740،000 އަށް ވުރެ ގިނަ މީހުން ޤައުމުދޫކޮށް އަވަށްޓެރި ޤައުމުތަކަށް ހިޖުރަކުރިއެވެ. މީގެ ތެރެއިން ގިނަ މީހުން ދިރިއުޅެމުންދަނީ ބަންގްލަދޭޝްގެ ކޮކްސަސް ބާޒާރުގައި އދ އިން ޤާއިމުކޮށްފައިވާ ރެފިއުޖީ ކޭމްޕްތަކުގައެވެ.

ރޮހިންގާ މުސްލިމުންގެ ޙާލަތު ދުވަހުން ދުވަހަށް ގޯސްވެ އިންސާނީ ބޮޑު ކަރާމާތެއްގެ ގޮތުގައި ސިފަކޮށް، އދ އާއި ބައިނަލް އަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުން މިޔަންމާ ސަރުކާރާއި ދެކޮޅަށް ދަތިކުރުމުގެ އެތަކެއް ފިޔަވަޅުތައް އެޅިއެވެ. ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރިނަމަވެސް މިޔަންމާ ސަރުކާރުން އީޖާބީގޮތެއްގައި މިކަމަށް ޙައްލެއް ހޯދުމަށް މަސައްކަތެއް ނުކުރެއެވެ.

މިޔަންމާ ނިޞްބަތްވާ އާސިއާން ޖަމާޢަތުންވެސް މިކަމަށް ދޭންވާވަރަކަށް ސަމާލުކަމެއް ނުދެއެވެ. އަދި ރޮހިންގާއިންގެ މައްސަލައިގައި އަޑު އުފުލީވެސް އެޖަމާއަތުގައި ހިމެނޭ މުސްލިމް އާބާދީ ބޮޑު މެލޭޝިޔާއާއި އިންޑޮނޭޝިޔާއިންނެވެ. އަދި މެމްބަރު އެކި ޤައުމުތަކުން ރޮހިންގާއިންގެ މައްސަލައިގައި ޢަމަލުކުރަމުން އައީ އެޤައުމަކަށް އޭރެއްގައި ފެންނަ ގޮތަކަށެވެ.

- ކޮމެންޓް