Advertisement
ކ. މާލެ
|
15 މާރޗް 2017 | ބުދަ 06:02
އޭޑީކޭ ހޮސްޕިޓަލް - އެޗް1އެން1 ވައިރަސާއި ގުޅިގެން ބޭނުންކުރާ އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުކަމަށް މިނިސްޓްރީން ބުނޭ
އޭޑީކޭ ހޮސްޕިޓަލް - އެޗް1އެން1 ވައިރަސާއި ގުޅިގެން ބޭނުންކުރާ އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުކަމަށް މިނިސްޓްރީން ބުނޭ
މުހައްމަދު ޝަރުހާން
އެޗް1އެން1 ވައިރަސް
އެޗް1އެން1 ވައިރަސް ފެތުރޭތީ ނަމާދުގައި ގުނޫތު ކިޔަން ނިންމައިފި
ހުރިހާ މިސްކިތެއްގައި ގުނޫތު ކިޔުމަށް ވަނީ އަންގާފަ

މިހާރު ދިވެހިރާއްޖެއަށް ހަލުވިކަމާއެކު އެޗް1އެން1 ރޯގާ ފެތުރެމުންދާތީ ހުރިހާ މިސްކިތެއްގައި ބުދަ ދުވަހުގެ ރޭ މަޢްރިބް ނަމާދަށް ފަހު ގުނޫތު ކިޔަންޖެހޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމާފިއެވެ.

އަންގާރަ ދުވަހުގެ ރޭ އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އަޑުހަރުކޮށް ކިޔަވާ ނަމާދެއްގެ ފަހު ރަކްއަތުގެ އިއުތިދާލުގައި ގުނޫތު ކިޔުމަށް އަންގާ ކަމަށެވެ.

ބުދަދުވަހުގެ ރޭ މަޢްރިބް ނަމާދަށް ފަހު އެ މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ހުރިހާ މިސްކިތެއްގައި ކިޔުމަށް އަންގާ ކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ. އަދި އެކަން ހުރިހާ މިސްކިތެއްގެ އިމާމުންނަން އަންގައިދިނުމަށް ވަނީ އެދިފައެވެ.  

އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުގައި އެޗް1އެން1 އަށް ޕޮޒިޓިވްވެ، ސީރިއަސް ހާލަތުގައި ތިން މީހަކުވެއެވެ. އަދި އެ މީހުންނަށް އެންމެ ރަނގަޅު ފަރުވާދެމުން އަންނަކަމަށް އެޗްޕީއޭއިން ބުނެ އެވެ. އޭގެ ތެރޭގައި ކުޑަކުއްޖެއްވެސް ހިމެނެވެ. އެންމެ ފަހުން އާންމުކޮށްފައިވާ ތަފަށް ހިސާބުތައް ދައްކާގޮތުން 51 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް