Advertisement
ކ. މާލެ
|
3 ނޮވެންބަރ 2019 | އާދީއްތަ 15:22
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
މަޖިލިސް
ދައުލަތުގެ ބަޖެޓް
މާދަމާގެ ޖަލްސާއަށް ބަޖެޓް ހުށަހެޅުން އެޖެންޑާކޮށްފި
2020 ވަނަ އަހަރުގެ ޖުމްލަ ބަޖެޓުގައި ހުންނާނެކަމަށް އަންދާޒާކުރެވެނީ 39552.7 މިލިއަން ރުފިޔާ
ޚަރަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ 37040 މިލިއަން ރުފިޔާ
މިހިނގާ 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ 30 ބިލިއަން ރުފިޔާ

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން އެޖެންޑާކޮށްފި އެވެ.

މާދަމާ އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 60 ވަނަ ޖަލްސާގެ އެޖެންޑާގެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އޮތީ ރައީސް ގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރެއިން ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ހ ގެ ދަށުން 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ ނިމިގެންދިޔަ އޮކްޓޯބަރ މަހުގެ 31 ވީ ބުރާސްފަތި ދުވަހު އެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓް މިނިސްޓަރ ތައްޔާރުކޮށް ބަޖެޓް އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން ދެ މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެކަމަށެވެ.

Advertisement

ފިނޭންސް މިނިސްޓްރީން ޢާއްމު ކޮށްފައިވާ ފިސްކަލް އެންޑް ޑެޓް ސްޓްރެޓެޖީ ރިޕޯޓުގައި ވަނީ 2020 ވަނަ އަހަރުގެ ޖުމުލަ ބަޖެޓު ހުންނާނެކަމަށް އަންދާޒާކުރެވެނީ 39552.7 މިލިއަން ރުފިޔާގައި ކަމަށެވެ. އަދި ޚަރަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ 37040 މިލިއަން ރުފިޔާ ގައެވެ. 2020 ވަނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30،731.5 މިލިއަން ރުފިޔާ ލިބޭނެކަމަށް އެ ރިޕޯޓްގައި އަންދާޒާކޮށްފައި ވެއެވެ.

މިހިނގާ 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ 30 ބިލިއަން ރުފިޔާއެވެ. އެހެންނަމަވެސް ފަހުން 1.7 ބިލިއަން ރުފިޔާ ވަނީ އިތުރު ކޮށްދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް