Advertisement
ކ. މާލެ
|
3 ނޮވެންބަރ 2019 | އާދީއްތަ 12:23
އީރާނުގެ ބޯޓު
އީރާނުގެ ބޯޓު
ޕޮލިސް
ފުލުހުން
އީރާނުގެ ބޯޓެއް އޮޔާ ދަނިކޮށް ފުލުހުން އެބޯޓަށް އަރައިފި
ބޯޓުގައި ތިބީ އީރާނުގެ 7 ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތުދޭ

އދ. މަންދޫ ބޭރުން ރާއްޖެއިން ބޭރުގެ ލަކުޑި ބޯޓެއްގެ އިންޖީނު ހުއްޓިގެން އޮޔާދާ ކަމުގެ މައުލޫމާތު ލިބިގެން ދިވެހި ފުލުހުން އެ ބޯޓަށް އަރައިފި އެވެ.

ފުލުހުން ބުނީ ބޯޓެއް އޮޔާދާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:20 އާއިރު ލިބިފައިވާ ކަމަށެވެ. މި މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ކޯސްޓް ގާޑަށް މައުލޫމާތު ދިނުމަށްފަހު ފުލުހުން އެސަރަހައްދަށް ދިޔަ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އަދި ފުލުހުން އެބޯޓަށް އަރާ ބެލިއިރު އެއީ އިރާންގެ ބޯޓެއްކަން އެނގިފައިވާކަމަށާއި ބޯޓުގައި ތިބީ އީރާނުގެ 7 ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

Advertisement

މިކަމުގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެކުރިން ވަނީ އީރާނުގެ ބޯޓެއް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތް ކުރަނިކޮށް އަތުލައިގަންފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
3 ނޮވެންބަރ 2019 | އާދީއްތަ 15:47
ހައްދުފަހަނައަޅައިފި!
ނޯވޭ މަސްވެރިން ނޫޅެ ދިވެހީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮޔާގޮސްގެންނެއް، އަހަރުމެންވެސް ނުދަން އިރާނު ކަނޑުއޮޅިން މަސް ކީކުރަން އެހެންއެޗެއްވެސް ހޯދާކަށް!