ކ. މާލެ
|
3 ނޮވެންބަރ 2019 | އާދީއްތަ 08:24
އަފްޢާނިސްތާނުގެ ސަލާމަތީ ބާރުތަކުން މަގުތަކުގައި ހަރަކާތްތެރިވަނީ
އަފްޢާނިސްތާނުގެ ސަލާމަތީ ބާރުތަކުން މަގުތަކުގައި ހަރަކާތްތެރިވަނީ
ގޫގުލް
ޓެރަރިސްޓް ހަމަލާ
އަފްޢާނިސްތާނުގެ މަގުމަތީގައި ގޮއްވާލި ބޮމެއްގައި ގިނަ އަދަދެއްގެ ސްކޫލް ކުދިން މަރުވެއްޖެ
މިހާތަނަށް މި ހާދިސާގައި 9 ކުޑަކުއްޖަކު ވަނީ މަރުވެފައި

އަފްޢާނިސްތާނުގެ މަގުމަތީގައި ގޮއްވާލި ބޮމެއްގައި ގިނަ އަދަދެއްގެ ސްކޫލް ކުދިން މަރުވެއްޖެއެވެ.

މީޑީއާ ރިޕޯޓުތަކުން ބުނާ ގޮތުގައި އެ ގައުމުގެ އިރު އިތުރު ޓަކްހަރ ޕްރޮވިންސަށް ދިން ހަމަލާގައި މަރުވި މިހުންނާއި އަނިޔާވީ 10 އަހަރާއި 15 އަހަރާ ދެމެދުގެ އުމުރުފުރާއެއްގައި ކުދިންކަމަށެވެ. ފުލުހުން ބުނެފައިވަނި ބެލެވޭ ގޮތުގައި މި ހަމަލާ އަމާޒުކޮށްފައިވަނީ އެ މަގު ކޮންމެ ދުވަހަކު ހެން ބޭނުންކުރަމުންދާ އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ ސިފައިންނަށް ކަމަށެވެ.

އެ ގައުމުގެ ފުލުހުންނާއި ހަވާލާދީ މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން މި ހަމަލާގައި މިހާތަނަށް 9 ކުޑަކުދިން ވަނީ މަރުވެފައެވެ. އަފްގާނުން މި ހަމަލާގެ ތުހުމަތު ކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތް ތާލިބާނުންނާއެވެ. ނަމަވެސް އެ ފަރާތުން މި ހަމަލާގެ ޒިންމާއެއް އަދި ނަގާފައެއް ނުވެއެވެ،

ނިމިދިޔަ އޮކްޓޯބަރު މަހު ތާލިބާނުން ވަނީ އަފްޢާނިސްތާނުގެ ގިނަ ސަރަހައްދުތަކަށް ހަމަލާދީފައެވެ. މީގެ ތެރޭގައި އަފްޢާނިސްތާނުގެ ވެރި ރަށްވެސް ހިމެނެއެވެ. ނަމަވެސް ގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ތާލިބާނުން އެ ސަރަހައްދުން ފައްސާލާފައެވެ.

މި ހާދިސާ އެ ގައުމުގެ ސަލާމަތާ ބެހޭ އިދާރާތަކުން ތަހުގީގުކުރަމުން އަންނައިރު، އިތުރު އެއްވެސް މީހަކަށް އަނިޔާވެފައިވަކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް